ނުކުރެވޭނެ ކަމަކަށް ވައުދެއް ނުވާނަން: ހިސާން

އޭދަފުށި ޓައިމްސްޚަބަރު
ހިސާން ހުސައިން
ހިސާން ހުސައިން

ނުކުރެއްވޭ ކަމެއްގައި ވައުދު ވެވަޑައިނުގަންނަވާނެ ކަމަށް އޭދަފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ރޭ ބ. ހިތާދޫގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހިސާން ވިދާޅުވީ ތެލި، ތަށި އަދި ސިމެންތި ބަހަން ވައުުދު ނުވާނެ ކަމަށަވެެ. ނަމަވެސް ކައުންސިލުތައް ބާރުވެރި ކުރުވުމަށް ކައުންސިލުތަކަށް ހަރު މުދަލެއް ދެވޭ ގޮތް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރުގެ މެންބަރުންނަށް ރައްދު ދެއްވައި ހިސާން ވިދާޅުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހިނގި ހާދިސާއާއި ގުޅިންގެން ބޭއްވި ކޮމެޓީ ޖަލްސާއަށް ސަރުކާރު ކޯލިޝަންގެ މެންބަރުން ވަޑައިނުގެންނެވުނު ކަމަށާއި އެހެންކަމުން މި ކޯލިޝަންގެ މެންބަރުންނަށް ރައްޔިތުނަށް ޚިދުމަތް ދެވޭނޭތޯ ސުވާލު އުފެދޭ ކަމަށެވެ.

ހިސާން ވިދާޅުވީ ދާއިރާގެ ހުރިހާ ގެއަކަށް ޒިޔާރަތް ކޮށް ރައްޔިތުންގެ އަޑު ހަފާގައިވާނެ ކަމަށެވެ.

“އަދި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އަޑު އިއްވަދޭނަން” ހިސާން ވިދާޅުވި އެވެ.

ހިސާންގެ ކެމްޕޭން ޓީމުން ބުނީ މިރޭ ބ. މާޅޮހުގައިވެސް ކަންމަތީ އެއްވުމެއް އޮންނާނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...