އޭދަފުށީގައި ހިންގި ޖާނަލިޒަމް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

އިބްރާހިމް ޒަހާން ޒާހިރުޚަބަރު
ޖާނަލިޔަމް ކޯހުގެ ބައިވެރިން
ޖާނަލިޔަމް ކޯހުގެ ބައިވެރިން

 

މޯލްޑިވްސް މީޑިއާ ކައުންސިލާއި އޭދަފުށީ ޓައިމްސް ގުޅިގެން މިރަށުގައި ހިންގި ބޭސިކް ޖާނަލިޒަމް ކޯސްނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މި މަހު 18-19 އަށް ބޭއްވި މި ކޯހުގައި މިއަތޮޅުގެ ރަށްރަށުން ޖުމްލަ 20 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓްވަނީ ހާސިލްކޮށްފަ އެވެ.

ކޯހުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ބ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް މަބްރޫކު ނަސީރެވެ.

ސެޓްފިކެޓް ބައްސަވާ ދެއްވުމަށް ފަހު އޭނާ ދެއްކެވި ވާހަކަގައި މި ކޯހުން ލިބުނު މައުލޫމާތުގެ އަލީގައި ޒިންމާދާރު ނޫސްވެރިއެއްގެ ގޮތުގައި ކެރިގެން ކުރިމަތި ލެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ކޯހުގެ ބައިވެރިންގެ މަސައްކަަތްތައް މިއަތޮޅުގައި މިހާރު ނެރެމުންދާ އޮންލައިން ނޫސްތަކުން ފެނިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

ކޯހުގައި ކިޔަވައިދިނީ ނޫސްވެރިކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި މީޑިއާ ކައުންސިލުގެ ރައީސްކަންވެސް ކުރައްވާފައިވާ މުހައްމަދު ނަޒީފު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...