ރިސޯޓް މުބާރާތް އޭޕްރިލް 10 ގައި

ޚަބަރު
ސޮނެވާ އާއި އަނަންތަރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފައިލް ފޮޓޯ
މިދިޔަ އަހަރު ބޭއްވި ރިސޯޓް މުބާރާތުގެ ތެރެއިން– ފައިލް ފޮޓޯ

 

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ބާއްވާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރަތް އޭޕްރިލް 10 ވަނަ ދުވަހު ފަށަން މުބާރާތް އިންތިޒާމުކުރާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ނިންމައިފި އެވެ.

މިއަތޮޅު ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ރިސޯޓްތަކަށް ހުޅުވާލިއިރު މިއަހަރު ބައިވެރިވެފައިވަނީ ފަސް ރިސޯޓަކުންނެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ސޮނޭވާ ފުށި، ރޯޔަލް އައިލެންޑް ރިސޯޓް، އަނަންތަރާ ކިހަވައް ވިލާސް އަދި ޑުސިޓް ތަނީ މޯލްޑިވްސް މޫއްދޫ އައިލެންޑްގެ އިތުރުން ކިހާދު މޯލްޑިވްސް (ކިހާދުއްފަރު) އެވެ.

ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތުގެ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރޯޔަލް އައިލެންޑް ރިސޯޓްގަ އެވެ.

ސީސީ ން ބުނީ، މިއަހަރުގެވެސް އެންމެ ބޮޑު އަމާޒަކީ ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތެއް ބޭއްވުން ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...