ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އޭދަފުށި ޓައިމްސްޚަބަރު
ސިއްހަތުދުވަސް ފާހަގަކުރުމަށް ބޭއްވި ހަވީރުގަިއ ކުޑަކުދިންތަކެއް ނެށުމުގެ އައިޓަމެއް ހުށަހަޅަނީ. ކުޑަކުދންގެ ދުވަހުގެ ހަރަކާތްތައް އަންނަ ހުކުރު ދުވަހު އޮންނާނެ / ފައިލް ފޮޓޯ
ސިއްހަތުދުވަސް ފާހަގަކުރުމަށް ބޭއްވި ހަވީރުގަިއ ކުޑަކުދިންތަކެއް ނެށުމުގެ އައިޓަމެއް ހުށަހަޅަނީ. ކުޑަކުދންގެ ދުވަހުގެ ހަރަކާތްތައް އަންނަ ހުކުރު ދުވަހު އޮންނާނެ / ފައިލް ފޮޓޯ

 

ކުޑަކުދިންގެ ދުވަހާ ގުޅިގެން ހުކުރު ދުވަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް އެ ސްކޫލުން ހަމަޖައްސައިފި އެވެ.

ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހަކީ އަންނަ ހޮނިހިރުދުވަސް ނަމަވެސް ހުކުރު ދުވަހު ހަރަކާތްތައް ބާއްވާ ގޮތަށް ހަމަޖެއްސީ ހޮނިހިރު ދުވަހަކީ އޭލެވެލް އިމްތިހާން އޮންނަ ދުވަހަކަށްވާތީ ކަމަށް އެ ސްކޫލުން ބުންޏެވެ.

ހުކުރު ދުވަހު ހަވީރު ބާއްވާ ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ ގިނަ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި ކުޅިވަރުތަކުގެ އިތުރުން ކުދިންގެ ހާއްސަ ސްޓޭޖް ހަރަކާތްތަކެއްވެސް އޮންނާނެކަމަށް އެ ސްކޫލުން ބުންޏެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...