ކެންދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ތޯރިގް އަބްދުއްރަހުމާނުޚަބަރު
ފުލުހުން ކެންދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު ތެރެއިން-- ފޮޓޯ / ނިއަމިފޮޓޯ
ފުލުހުން ކެންދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު ތެރެއިން– ފޮޓޯ / ނިއަމިފޮޓޯ 

 

ބ. ކެންދޫ ކައުންސިލް އިދާރާއާއި އޭދަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ކެންދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ފުލުހުން ބުނީ “އެންމެން އެކުގައި މަޖާކުރަމާ” މި ޝިއާރުގެ ދަށުން ހޮނިހިރު ދުވަހު ބޭއްވި އެ ހަވީރަކީ އެއް މާހައުލެއްގައި ކުޑަކުދިންނާއެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގުސަދުގައި ބޭއްވި ހަވީރެއް ކަމަށެވެ.

އެ ހަވީރުގައި ތަފާތު ތިރީހަކަށް ސްޓޯލް އަދި މުނިފޫހިފިލުވުމުގެ ކުޅިވަރުތައް ބޭއްވި ކަމަށް ފުލުހުން ބުންޏެވެ.

އަދި ޓްރެފިކް މައްސަލަތަކާ ބެހޭ ގޮތުން ކުޑަކުދިން ހޭލުންތެރި ކުރުމަށް ޓްރެފިކް މައުލޫމާތު ދޭ “ޓްރެފިކް ޕާކް” އެއްވެސް ކުރިއަށްގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހަވީރު ކުރިއަށް ގެންދިއުމުގައި ކެންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުންނާއި ކިހަވައް ވިލާސް ރިސޯޓް އަދި ކެންދޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...