ސޮނެވާ ބަލިކޮށް ރޯޔަލް ތަށި ދިފާއުކޮށްފި

ކުޅިވަރު
ރޯޔަލް ޗެމްޕިއަން އައްޑަނަ އުފުލާލަނީ.
ރޯޔަލް ޗެމްޕިއަން އައްޑަނަ އުފުލާލަނީ.

ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގެ ފޯރިގަދަ ފައިނަލްގައި ސޮނެވާފުށި ރިސޯޓް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

ރޯޔަލުގައި އިއްޔެ ހަވީރު ފޯރިގަދަ ފައިނަލްގައި ސޮނެވާގެ މައްޗަށް ރޯޔަލް އިން ކުރި ހޯދީ 25-20، 26-24 އަދި 25-20 އިން މެޗުގެ ސެޓުތައް ގެންގޮސްގެނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލްގެ އަހްމަދު ފާޒިލް އެވެ.

ރޯޔަލް ތަށި ދިފާއުކުރި އިރު ސޮނެވާއަށް ޖެހުނީ ޖެހިޖެހިގެން  ފަސްވަނަ ފަހަރަށް މި މުބާރާތުގައި ފައިނަލުން ބަލިވުމުގެ ހިތި ތަޖުރިބާ ކުރާށެވެ.

މެޗަށް ފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ހޮވި ޒޯން ފަހެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ރޯޔަލްގެ ހުސެއިން ވިޝާމާއި މުހައްމަދު ނިހާދާއި އެ ޓީމުގެ އަހްމަދު ސަމާހުއާއި ސޮނޭވާގެ އަހްމަދު ރަޝީދު އާއި އެ ޓީމުގެ އަލީ އަކުބަރު އަދި އަނަންތަރާގެ އަހްމަދު މުހައްމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރޯޔަލްގެ މުހައްމަދު ޝިހާމު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...