އައިލެންޑް ކަޕް: އޭދަފުށި ދެވަނަ ބުރަށް

އޭދަފުށި ޓައިމްސްކުޅިވަރު
އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް، އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައި
އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް، އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައި

މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕް ފުޓްސަލު މުބާރާތުގެ ދެވަނަ ބުރަށް އޭދަފުށި ދަތުރުކޮށްފި އެވެ.

އެ ޓީމު ދެ ވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

މި ގުރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ނުވަ ޕޮއިންޓް ލިބިފައިވާ ތ. ތިމަރަފުއްޓެވެ. މި ގުރޫޕުގައި ދެން ހިމެނޭ ގދ. ކަނޑުހުޅުދޫ އަށާއި އއ. މަތިވެރިއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް ސްޓޭޖުގައި ފުރަތަމަ މެޗުން މަތިވެރި އަތުން އޭދަފުށީ 7-8 އިން މޮޅުވި އިރު، ދެވަނަ މެޗުގައި ތިމަރަފުށީ އަތުން 6-4 ން އޭދަފުށީ ވަނީ ބަލިވެފައެވެ. ދެވަނަ ބުރަށް އޭދަފުށީ ދިޔައީ ގްރޫޕުގެ ފަހު މެޗުގައި 7-0 އިން ކަނޑުހުޅުދޫ ބަލިކޮށްގެންނެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އޭދަފުއްޓަށް ވާދަކުރަން ޖެހޭނީ ކުޅުދުއްފުއްޓާ އެވެ. މި މެޗު އޮންނާނީ މާދަމާ ހަވީރު 5:00 ގައި މާފަންނު އެކުވެނި ދަނޑުގަ އެވެ.

ދިރާގާއި އެސްޓީއޯގެ އެއީތެރިކަމާއެކު، ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000 ރ. އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...