ޗެމްޕިއަންކަން ދިރާގު/ބީއެމްއެލް/ރަށުކައުންސިލަށް

އޭދަފުށި ޓައިމްސްކުޅިވަރު
ދިރާގު/ބީއެމްއެލް/ރަށުކައުންސިލް ޓިމަށް ޓްރޮފީ ހަވާލުކޮށްދެނީ
ދިރާގު/ބީއެމްއެލް/ރަށުކައުންސިލް ޓިމަށް ޓްރޮފީ ހަވާލުކޮށްދެނީ

 

އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގު/ބީއެމްއެލް/އޭދަފުށީ ކައުންސިލް ޓީމުން ހޯދައިފި އެވެ.

ސަރުކާރުގެ އޮފީސްތަކުގެ މެދުގައި، އޮފީސް/ކުންފުނިތައް ގުޅިގެން ބޭއްވި މުބާރާތް ދިރާގު/ބީއެމްއެލް/ރަށު ކައުންސިލް ގުޅިގެން ނުކުތް ޓީމު ކާމިޔާބުކުރީ ފައިނަލުގައި އުރީދޫ/ވިލާކޮލެޖް/ކޯޓް ގުޅިގެން ނުކުތް ޓީމާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އުރީދޫގެ މުހައްމަދު ފާސިރު އާއި ހައްފާފު ސިދުގީ އާއި ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގެ ޒައިދު އަލީ އާއި ދިރާގުގެ އަބްދުﷲ ޝަރީފު އާއި ޕޮލިސް މުހައްމަދު ޒައިދު އެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ ޝަރަފްވެރި މެހެމާން ނޯޓް ޕޮލިސް ރީޖަންގެ ކޮމާންޑަރ އަބްދުﷲ ނަސީރު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...