ހިތާދޫއާއި ކޮކޯޕާމް އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެވި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ކޮކޯޕާމާއި ހިތާދޫ ޒުވާނުން މިއަދު ކުޅުނު ފުޓުބޯޅަ މެޗުގެ ތެރެއިން ފޮޓޯ- ހިތާދޫ އޮންލައިން
ކޮކޯޕާމާއި ހިތާދޫ ޒުވާނުން މިއަދު ކުޅުނު ފުޓުބޯޅަ މެޗުގެ ތެރެއިން ފޮޓޯ- ހިތާދޫ އޮންލައިން

 

 

ކޮކޯޕާމް ދުނިކޮލުގެ ދައުވަތަކަށް ހިތާދޫގެ ޒުވާނުންގެ ޓީމަކާއި ކޮކޯޕާމް ދުނިކޮޅުގެ ޓީމަކާއެކު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފި އެވެ.

ހިތާދޫ ޔޫތުވިން ޖަމިއްޔާއިން އިންތިޒާމުކޮށްގެން ހިތާދޫގެ ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު 2-2 ވަނީ އެއްވަރު ވެފައެވެ. ހިތާދޫ ޒުވާނުންގެ ޓީމަަށް ކާމިޔާބު ކޮށްދިން ދެ ގޯލް ޖެހީ ޝަހުދާން ޢަބްދުއް ރައްޒާޤު އާއި ސާޖިދު ރަޝީދެވެ.

ހިތާދޫ ޔޫތުވިން އިން ބުނީ މިއީ ދެ ޓީމުގެ ދެމެދުގައިި އެކުވެރިކަން ބަދަހި ކުރުމާއި ހިތާދޫ ޒުވާނުންނަށް އެކި އެކި ޓީމުތަކާއި އެކު އުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެ ޖަމިއްޔާއިން އިންތިޒާމު ކުރި މެޗެއްކަމަށެވެ. އަދި އިތުރު މެޗުތައް ކުޅުމަން ގަސްދު ކުރާކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...