
އެންމެފަސް
ބީއެމްއެލްއިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތް ފަށައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗެއްގެ ޚިދުމަތް ފަށައިފިއެވެ. މިއަދު ހެނދުނު މާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބްރާންޗުތައް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަލަށް ޚިދުމަތް ފެށި ބްރާންޗުތައް ގާއިމުކޮށްފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ. […]











