ބީއެމްއެލްއިން ފުވައްމުލަކު އެއާޕޯޓުގައި އޭޓީއެމްއެއް ހުޅުވައިފި

ބީއެމްއެލްއިން ޏ. ފުވައްމުލަކުގެ އެއާޕޯޓުގައި އޭޓީއެމްއެއް ހުޅުވައިފި އެވެ.
އެއީ އެ ރަށުގައި ބީއެމްއެލްއިން ހުޅުވި ހަތަރު ވަނަ އޭޓީއެމް އެވެ. ބީއެމްއެލްއިން ބުނީ ފުވައްމުލަކު އެއާޕޯޓުގައި އޭޓީއެމްއެއް ހުޅުވީ ދަތުރުކުރާ ފަރާތްތަކަށް ފަސޭހައިން ފައިސާގެ މުއާލަތްތައް ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ. އަދި އެ ބެންކުން މަސައްކަތްކުރަމުން ދަނީ ބެންކުގެ ހިދުމަތްތައް ވީހާ ވެސް ފަސޭހައިން ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
އެ އޭޓީއެމްއާ އެކު ފުވައްމުލަކުގައި ބީއެމްއެލްގެ ރުފިޔާގެ މުއާމަލާތްތައް ކުރެވޭ ތިން އޭޓީއެމް އާއި ޑޮލަރު އޭޓީއެމްއެއް މިހާރު ހުރެ އެވެ.
ބީއެމްއެލްއިން ދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދެމުންނެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި 268 އޭޓީއެމް ބީއެމްއެެލްއިން ވަނީ ބަހައްޓައިފަ އެވެ.
އެ ބޭންކުން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...