އުރީދޫ އެމްފައިސާއިން ޑިޖިޓަލްކޮށް އީދު ހަދިޔާ ފޮނުވޭނެ

އޭދަފުށި ޓައިމްސްވިޔަފާރި

އުރީދޫ އެމްފައިސާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް އީދު ހަދިޔާ ފޮނުވޭނެ ޚިދުމަތެއް ތައާރަފުކޮށްފި އެވެ.

Advertisement

މި ހިދުމަތަކީ އަޟްޙާ އީދާ ގުޅުވައިގެން، އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށް ދިނުމަށް ތައާރަފުކުރި ހިދުމަތެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

މިގޮތުން، ކަސްޓަމަރުންނަށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް، ފައިސާ އީދު ހަދިޔާގެ ގޮތުގައި ފޮނުވާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އީދުގެ އުފާވެރިކަން ހިއްސާކޮށް، ގުޅުންތައް ބަދަހިކުރުމުށް ފުރުސަތު ލިބިގެންދާނެކަން އުރީދޫން ފާހަގަކުރެ އެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވާލުމަށް

– އެމް-ފައިސާ އެޕް ހުޅުވާލާ،
– އެޕްގައިވާ “އީދު ހަދިޔާ” ބެނާއަށް ކްލިކް ކުރައްވާ،
– ފޮނުވަން ބޭނުންވާ ހަދިޔާ އިހްތިޔާރު ކުރައްވާ، ނުވަތަ ހަދިޔާ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖައްސަވާ،
– ޢީދުގެ ތަހުނިޔާ މެސެޖެއް ހިމަނާލާ،
– އީދު ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތުގެ އެމްފައިސާ މޮބައިލް ނަންބަރު ޖައްސަވާ،
– އޯ.ޓީ.ޕީ ނަންބަރު ޖެއްސެވުމަށްފަހު ވަގުތުން ފޮނުވާލާ.

މި ހިދުމަތަކީ އެމްފައިސާގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަސޭހަކަމާ، އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ހިދުމަތެކެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމެވެ. އަދި، ޢީދުގެ އުފަލާ ގުޅިފައިވާ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ.

މި އީދުގައި އެމްފައިސާ މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްޓެހިންނާއި އާއިލާއަށް އެމްފައިސާ މެދުވެރިކޮށް އީދު ހަދިޔާ ހިއްސާކޮށްލެވޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...