އުރީދޫއިން ހައްޖުވެރީންނަށް ގުޅުމަށް ފަސޭހަ، ހާއްސަ އަގުތަކެއް

އޭދަފުށި ޓައިމްސްވިޔަފާރި

ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަ އައިޑީޑީ ރޭޓުތަކެއް އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.

މި ހިދުމަތުގެ ސަބަބުން މި މާތް އަޅުކަމުގައި އުޅޭ ފަރާތްތަކާއި އާއިލާތަކަށް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ފަސޭހަވެގެންދާނެކަން އުރީދޫ އިން ފާހަގަކުރެ އެވެ.

މި އާ ޕެކޭޖުތަކާއެކު، ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހަތަރު ހަފްތާގެ މުއްދަތަށް 150 މިނެޓާ ހަމައަށް ވާހަކަ ދެއްކޭނެ ޕެކޭޖުތައް ކަސްޓަމަރުންނަށް ހިޔާރުކުރެވޭނެ އެވެ.

މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ހައްޖުގެ އަޅުކަމުގައި އުޅޭ އާއިލާތަކާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އަގުހެޔޮކޮށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.

ލިބެން ހުރި ޕެކޭޖުތައް

  • 100 ރުފިޔާއަށް 30 މިނެޓު
  • 250 ރުފިޔާއަށް 75 މިނެޓު
  • 500 ރުފިޔާއަށް 150 މިނެޓު

އުރީދޫ އިން ބުނި ގޮތުގައި މި ހުރިހާ ޕެކޭޖެއްގެ މުއްދަތަކީ 4 ހަފްތާ އެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު މި ޕެކޭޖުތައް އެކްޓިވޭޓު ކުރެވޭނެ ކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.

މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމުގައި ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ ބަޔަކު ބައިވެރިވާއިރު މި ދަތުރުގައި އާއިލާތަކާއި ގުޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

“އުރީދޫއިން ތައާރަފުކުރި ހާއްސަ އައިޑީޑީ އޮފާތަކުގެ ޒަރީއާއިން، އަޅުގަނޑުމެންގެ އަމާޒަކީ މުއާސަލާތީ ހިދުމަތްތައް ފަސޭހަކަމާއެކު އަގުހެޔޮކޮށް ފޯރުކޮށްދީ، އެންމެ މުހިންމު ދަތުރުގައިވެސް ކަސްޓަމަރުންނަށް އެބޭފުޅުންގެ އާއިލާއާއި ރައްޓެހިންނާއި ރައްކާތެރިކަމާއެކު ގުޅުމަށް އެހީތެރިވެދިން،” ނިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން، އުރީދޫއިން ދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި ފަސޭހަކަމާއެކު ގުޅުން ބަދަހިކޮށްދޭ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މި ޕެކޭޖުތައް އެކްޓިވޭޓުކޮށް، ޙައްޖު މޫސުމުގެ ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ތިބި އާއިލާތަކާއި ރައްޓެހިންނަށް މެދުކެނޑުމެއްނެތި ގުޅޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...