އުރީދޫގެ ފުޓްބޯޅަ ފޯރި ކެމްޕޭން ފަށައިފި

އޭދަފުށި ޓައިމްސްވިޔަފާރި

 އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ހައިސެންސް ޓީވީ ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

Advertisement

ކަސްޓަމަރުންނަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅޭއިރު، ޝަރުޠު ހަމަވޭތޯ ވަގުތުން ބަލައިދެވޭނެއެވެ.

ފާއިތުވި ހަ މަސްދުވަހު ފައިސާ ދެއްކުމުގެ ރަނގަޅު ރެކޯޑެއް އޮތް މިހާރުގެ އަންލިމިޓެޑް ކަސްޓަމަރުންނަށާއި، ޑައިރެކްޓް ޑެބިޓް އެކްޓިވޭޓްކުރާ އާ އަންލިމިޓެޑް ކަސްޓަމަރުންނަށް މި ފުރުޞަތު ލިބޭނެއެވެ. ޝަރުޠު ހަމަވާ ކަސްޓަމަރުންނަށް މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ބޭނުންކުރެވޭނެ ވައުޗަރެއް ލިބޭނެއެވެ.

އުރީދޫން ބުނީ 599 ރުފިޔާއާއި 700 ރުފިޔާއާ ދެމެދުގެ ސުޕަނެޓް ޕްލޭންތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް 55 އިންޗީގެ ހައިސެންސް ޓީވީ ލިބޭއިރު، 800 ރުފިޔާއިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ތަފާތު އެކި ސައިޒުތަކުގެ ޓީވީތައް ލިބޭނެ ކަމަށެވެ. އަދި މި އޮފާ ކުރިއަށްދާނީ ސްޓޮކް ހުސްވަންދެން ކަމަށް ވަނީ އުރީދޫން ބުންޏެވެ.

“ފުޓުބޯޅަ ފޯރި” ކެމްޕޭނާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެމުންނެވެ.

“ފުޓުބޯޅަ ފޯރި” ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބިގެންދާނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...