ބީއެމްއެލް އެމެކްސް ކާޑު ބޭނުންކޮށްގެން ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، މި އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކުން މިއަދު ފަށައިފިއެވެ.
މި މަސް ނިމެންދެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާ އެކު މި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ގުރުއަތުން ހޮވޭ ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ފޯމިއުލާ 1 ސިންގަޕޯ އެއާލައިންސް ސިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާ އެކު އެމެކްސް ސްކައި ސޫޓް 2 ޓިކެޓު ހިމެނެއެވެ. މީގެ އިތުރުން ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓާއި، އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓާ އެކޮމޮޑޭޝަން ވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...