ބ. އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު (ރެޑްވޭވު ސަލީމު) ހިތާދޫގެ ރައްޔިތުންނަށް ފަރިއްކޮޅެއް ދެއްވައިފި އެވެ.
ހިތާދޫ އިރުމަތީ ކޮޅު އާނުދޮށް މަގު އަތިރިމަތީ ސަރަހައްދުގައި ރޭ ދިން މި ފަރިއްކަޮޅަކީ މިއަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަލީމަށް ލިބުނު ކަމީޔާބީ ފާހަަގަ ކުރުމުގެ ގޮތުން ރައްޔިތުންނަށް ދެއްވި ފަރިއްކޮޅެއް ކަމަށް އެ ކަން އިންތިޒާމު ކުރިފަރާތުން ބުނެއެވެ.
ސަލީމުގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ބުނީ މި ފަރިއްކޮޅަށް މެންބަރު ސަލީމަށް ވަޑައިނުގަނެ ވުނީ ބިޒީ ކަމުން ކަމަށެވެ.
މިއަހަރު ބޭޢްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހިތާދޫން ސަލީމް ވަނީ ބޮޑު ކުރިއެެރުމެއް ހޯދާފައެވެ. އިންތިހާބުގައި ހިތާދޫން ސަލީމަށް ލިބިވަޑާއިގަތީ 194 ވޯޓެވެ. 2009 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ސަލީމަށް ލިބިވަޑައިގަތީ 84 ވޯޓެވެ.