ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ފްރާންސް

ފްރާންސް ފުޓްބޯޅަ ޓީމް
ފްރާންސް ފުޓްބޯޅަ ޓީމް

 

ދުނިޔޭގެ ޗެމްޕިއަންކަން 1998 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގައި ހޯދި ފްރާންސަކީ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. މީގެ ކުރިން 1938 ވަނަ އަހަރުވެސް ވަނީ ފްރާންސްގައި ވޯލްޑްކަޕް ބާއްވާފައެވެ. އެފަހަރުގެ މުބާރާތުގައި އެޤައުމު ކެޓީ ކުއާޓަރ ފައިނަލްގައި އިޓަލީއާއި ވާދަކޮށް 3-1 ން ބަލިވުމުންނެވެ. މިއީ ފްރާންސް ދުނިޔޭގެ އެންމެ ޝަރަފްވެރި ކުޅިވަރު މުބާރާތުގައި ވާދަކުރާ ފަނަރަވަނަ ފަހަރެވެ. ޔޫ.އެފް.އާގެ މިހާރު ރައީސް މިޝެލް ޕްލެޓިނީ އާއި ޒައިނުއްދިން ޒިދާން ފަދަ މޮޅެތި ކުޅުންތެރިން އެޤައުމަކަށް ނިސްބަތްވާ ފްރާންސަކީ ފީފާއިން ބާއްވާ ފިރިހެނުންގެ ފުޓްބޯޅައިގެ މައިގަނޑު ފަސް މުބާރާތްވެސް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޤައުމެވެ. މިގޮތުން އެޤައުމުވަނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި، 2001 އަދި 2003 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަންސް މުބާރާތާއި، 2001 ވަނަ އަހަރު ބޭއްވި 17 އަހަރުންދަށުގެ ވޯލްޑްކަޕް މުބާރާތާއި، 1984 ވަނަ އަހަރު ބޭއްވި އޮލިމްޕިކް މުބާރާތުގެ ފުޓްބޯޅަ އިވެންޓްގެ އިތުރުން 2013 ވަނަ ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑަކަޕް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

1950 ގެ އަހަރުތަކާއި، 1980 ގެ އަހަރުތަކާއި އަދި 1990 ގެ އަހަރުތަކަކީ އެޤައުމުގެ ރަންޖީލު އުފެދުނު ދުވަސްވަރެވެ. މީގެކުރިން ދުނިޔެގޭ ރޭންކިންގެ އެއްވަނަވެސް ހޯދާފައިވާ ފްރާންސްއަށް ފަހަކަށް އައިސް ލިބުނު އެންމެ ބޮޑު ނާކާމިޔާބަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ސްޓޭޖުން ސްޓޭޖުން ކެޓުމެވެ. އަދި އެފަހަރު އެޤައުމުވަނީ ދުނިޔޭގެ ރޭންކިންގެ 27 ވަނައަށް ސޮއްސާލާފައެވެ. މިއީ ތާރީހުގަވެސް އެޤައުމު އެންމެ ދަށަށް ދިޔަފަހަރެވެ.

މިފަހަރުގެ މުބާރާތަށް އެޤައުމު ކޮލިފައިވީ ކޮލިފައިންގައި ސްޕެއިންގެ ފަހަތުން ދެވަނަ ލިބި ޕްލޭއޮފްގައި ޔޫކްރެއިންއާއި ބައްދަލުކޮށް ފޯރިގަދަ ކުޅުމަކަށްފަހު ދެމެޗުން 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މުބާރާތުގައި ފްރާންސް ޓީމުގެ ކޯޗަކަށް ހުންނާނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ޑިޑިއޭ ޑެޝެމްޕްސް އެވެ. ފްރާންސަށް އުފަން މިހާރު އުމުރުން 45 އަހަރުގެ ޑިޑިއޭ ޑެޝެމްޕްސް ފްރާންގެ ކޯޗުކަމާއި ހަވާލުވީ 2012 ވަނަ އަހަރުގެ ޖުލައިމަހުއެވެ. މީގެ ކުރިން ފްރާންސް ލީގުގައި އޮލިމްޕިކް މާސޭއަށް ކޯޗުކަށްކޮށްދީ ލީގު ތަށި ހޯދަދީފައިވާއިރު އޭނާ ވަނީ 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް މޮނާކޯ ގެންގޮސްދީފައެވެ.

ހަނިގޮތަކަށް މުބާރާތަށް ކޮލިފައިވި ނަމަވެސް މިފަހަރުގެ މުބާރާތުގައި އިކުއެޑޯ، ސްވިޓްޒަލޭންޑް އަދި ހޮންޑިއުރަސް އާއި އެއްގްރޫޕެއްގައި ލައްވާލުމުން ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުން އެޤައުމަށް އުނދަގޫ ނުވާނެކަމަށް ފުޓްބޯޅައިގެ ތަޖުރިބަކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.