ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ގާނާ

ގާނާ ގެ ފުޓްބޯޅަ ޓީމް
ގާނާ ގެ ފުޓްބޯޅަ ޓީމް

 

“ބްލެކް ސްޓާރސް” ގެ ނަމުން ނަން ދެވިފައިވާ ގާނާ އަކީ އެފްރިކާގެ އުއްމީދާއި ގުޅިފައިވާ ޓީމެކެވެ. މީގެ ކުރިން ވޯލްޑްކަޕްގައި ވާދަކުރި ދެފަހަރުވެސް ގާނާ ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފައެވެ. އެއީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތާއި 2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި މުބާރާތުގައެވެ. އެންމެ ފަހުގެ މުބާރާތުން އެޓީމް ކެޓީ ކުއާޓަރ ފައިނަލްގައި އުރުގުއޭ އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

ސަރަހައްދީ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ގާނާ އަކީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި މެޑަލްއެއް ހޯދީ އެފްރިކާގެ ފުރަތަމަ ޤައުމުވެސް މެއެވެ. މިފަހަރުގެ މުބާރާތަށް ނިކުންނައިރު 2010 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެޤައުމު ކުއާޓާއަށް ގެންގޮސްދިން ކުޅުންތެރިން ޓީމްގައި އަދިވެސް މުހިއްމު ދައުރެއް އަދާކުރެއެވެ. އޭގެތެރޭގައި މައިކަލް އެސިއެން އާއި ކެޕްޓަން އަސަމޯ ޖިޔާން އާދި ކެވިން ޕްރިންސް ބޯޓެންގް ހިމެނެއެވެ.

ކޮލިފައިންގައި އުނދަގޫ ގްރޫޕެއްގައި އެޓީމް ހިމެނުނު ނަމަވެސް ކުޅުން ހަމެޗްގެ ތެރެއިން އެޓީމްވަނީ ފަސްމެޗުން މޮޅުވެ ޕްލޭ އޮފްގެ ޖާގައެއް ހޯދާފައެވެ. ކޮލިފައިންގައި އެޓީމް ބަލިވީ ރަށުން ބޭރުގައި ޒަމްބިއާއާއި ބައްދަލުކުރި މެޗުންނެވެ. ވޯލްޑްކަޕަށް ކޮލިފައިވުމަށް ޕްލޭއޮފްގައި ގާނާ ވާދަކުރަން ޖެހުނީ މިސްރާއެވެ. ދެމެޗުގެ އެގްރިގޭޓުން ގާނާ ވޯލްޑްކަޕަށް ކޮލިފައިވީ ފަސޭހަކަމާއެކު 7-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިފަހަރުގެ މުބާރާތުގައި ޖާމަނީ އާއި ޕޯޗުގަލް އަދި އެމެރިކާއާއި ވާދަކުރަން ޖެހޭއިރު ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމަކީ އެޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. ޔޫރަޕްގެ ގަދަ ބާރުތަށް މައްޗަށް ކާމިޔާބީ ހޯދުމުގެ އަޒުމުގައި ގާނާ ޓީމް ގޮވައިގެން ނިކުންނީ އަކްވަސީ އައްޕިއާއެވެ. މިހާރު އުމުރުން 53 އަހަރުގެ އައްޕިއާ ވޯލްޑްކަޕްގެ ތަޖުރިބާ ކުރާ މިއީ ފުރަތަމަ ފަހަރެވެ. ގާނާގެ ޓީމްގައި ރަނގަޅު މެދުތެރެއެއް އޮތް ނަމަވެސް އައްޕިއާއަށް އޮތް ނުތަވަސްކަމަކީ ދުނިޔޭގެ ގަދަ ބާރުތައް ހިފެހެއްޓޭވަރުގެ ރަނގަޅު ޑިފެންސް ލައިނެއް ނެތުމެވެ. 2010 ވަނަ އަހަރު ބަދުނަސީބު ގޮތަކަށް މުބާރާތުން އަލްވަދާޢު ކިޔަން ޖެހުނު ގާނާ ރައްޔިތުންގެ އުއްމީދަކީ މިފަހަރުވެސް މުބާރާތުގެ ހައިރާން ކުރުވަނިވި ޓީމަށްވުމެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.