ވޯލްޑް ކަޕްގެ ޓީމުތަކުގެ ތެރެއިން ރަޝިޔާ

ރަޝިޔާ ފުޓްބޯޅަ ޓީމް
ރަޝިޔާ ފުޓްބޯޅަ ޓީމް

 

ރަޝިޔާ އަކީ، ޔޫރަޕްގެ އެތައް ޤައުމުތަކެއް އެކުވެގެން އުފެދުނު ސޯވިއެޓް ޔޫނިއަންއަށް ނިސްބަތްވާ ޤައުމެކެވެ. ވަކި ޤައުމެއްގެ ގޮތުގައި އުފެފި އެޤައުމު ފުޓްބޯޅައި ދުނިޔެއަށް އުފަންވީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން އެޤައުމު ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 1994 އަދި 2002 ވަނަ އަހަރުއެވެ. ދެފަހަރުވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުން އެޤައުމު ވަނީ އަލްވަދާޢު ކިޔަން ޖެހިފައެވެ. ރަޝިޔާގެ ނަމުގައި ބައިނަލްއަޤްވާމީ މުބާރާތެއްގެ ކާމިޔާބީ ލިބިފައި ނުވިނަމަވެސް 1960 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ސޯވިއެޓް ޔޫނިއަން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެތާރީޚީ ކާމިޔާބީ ފީފާއިން ދީފައި ވަނީވެސް މިހާރުގެ ރަޝިޔާއަށެވެ. 2018 ވަނަ އަހަރު ވޯލްޑްކަޕް ބާއްވާ ޤައުމު ރަޝިޔާއަށް ބައިނަލްއަޤްވާމީ މުބާރާތެއްގައި މިހާތަނަށް އެންމެ ކުރިއަށް ދެވުނީ 2008 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެފަހަރު އެޓީމަށް ލިބުނީ ތިންވަނައެވެ. އެފަހަރުގެ މުބާރާތުގައި އެޤައުމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ލޯ އެކުޅުންތެރިންނަށް އަމާޒުވިއެވެ.

ރަޝިޔާއަކީ ފަހަކަށްއައިސް ޔޫރަޕްގެ ޤައުމުތަކާއި ދެކޮޅަށް ރަނގަޅު ވާދައެއް ކުރަމުން އަންނަ ޤައުމެކެވެ. މިފަހަރުގެ މުބާރާތަށް އެޤައުމު ކޮލިފައިވީވެސް ވަރުގަދަ ޕޯޗުގަލް ފަހަތަށް ޖައްސާލުމަށްފަހު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ކޮލިފައިންގައި އެޓީމް ކުޅުނު 10 މެޗްގެ ތެރެއިން 7 މެޗުން މޮޅުވިއެވެ. އަދި އެއްމެޗް އެއްވަރުވެފައިވާއިރު ބަލިވީ ދެމެޗުންނެވެ. ކޮލިފައިންގައި އެޓީމު ކޮޅަށް ވަން 5 ގޯލަކީ އެސަރަހައްދުން ތިންވަނައަށް އެންމެ މަދު އަދަދެވެ. ވަރުގަދަ ޑިފެންސް ލައިނެއް އޮންނަ ރަޝިޔާގެ ޓީމްގެ ދިފާއުގައި ސާޖޭ އިގްނަޗެވިޗްގެ އިތުރުން ކީޕަރ އިގޯ އަކިންފީ ވަނީ ކޮލިފައިންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިފަހަރުގެ މުބާރާތުގައި ރަޝިޔާގެ ކޯޗެއްގެ ގޮތުގައި ހުންނާނީ ކްލަބް ކެރިއާގައި ކާމިޔާބު ކޯޗު ފަބިއޯ ކަޕެއްލޯ އެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ރަނގަޅު ކާމިޔާބެއް ހޯދައި ނުދެވުނު ނަމަވެސް ކަޕެއްލޯ ވަނީ އަހަރުތަކަކަށްފަހު ރަޝިޔާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދީފައެވެ.

މިފަހަރުގެ މުބާރާތުގައި ރަޝިޔާގެ ޓީމްގެ އެޓޭކްގައި އެލެން ޒަގޮއެވްގެ އިތުރުން ވިކްޓަރ ފަޒުލިން އަދި ރޯމަން ޝިކޮވްގެ ދައުރު ބޮޑުވާނެކަމަށް ބެލެވެއެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ ރަޝިޔާ ވާދަކުރަން ޖެހޭނީ ސައުތް ކޮރެއާއެވެ. މިމެޗް ކުޅޭނީ ޖޫން 17 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.