އުތުރުގެ ކުނި ނައްތާލާ ނިޒާމުގެ %80 މަސައްކަތް ވަނީ ނިމިފައި: މިނިސްޓަރު

ރ. ވަންދޫގައި ގާއިމުކުރާ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސަރަހައްދު އޮންނާނެ ގޮތުގެ މޮޑެލްއެއް: މި މަޝްރޫއު މިއަހަރު ފަހުކޮޅު ނިމޭނެ
ރ. ވަންދޫގައި ގާއިމުކުރާ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސަރަހައްދު އޮންނާނެ ގޮތުގެ މޮޑެލްއެއް: މި މަޝްރޫއު މިއަހަރު ފަހުކޮޅު ނިމޭނެ

 

އުތުރުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ރ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަންދޫގައި ގާއިމުކުރާ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އަށްޑިހަ އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަންދޫގައި ގާއިމުކުރާ ކުނި ނައްތާލުމުގެ މަޝްރޫއުގެ ޕްރޮޖެކްޓް ނިމޭނީ ކިހާތާކުތޯ ބެލުމަށްޓަކައި ރ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ކުރެއްވި ސުވާލުގެ ޖަވާބުގައި ތޯރިގު ވިދާޅުވީ މި ސަރަހައްދުގައި ގާއިމުކުރެވޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މިހާރު ގާތްގަޑަކަށް 80 އިންސައްތައާ ގާތްކުރާވަރަށް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ޖެނުއަރީ މަހުތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ވަންދޫގައި މިހާރު ކުރެވެމުންދަނީ ކުނިނައްތާލާ ސިސްޓަމް (އިންސިނެރޭޓާ) ބެހެއްޓުމުގެ މަސައްކަތްކަތެވެ. އެ މަސައްކަތް އޯގަސްޓްމަހު ފަހުކޮޅު ނިންމާލެވޭވަރު ވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮޖެކްޓް މެނޭޖް ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި ހިދުމަތް ދޭން ފަށާއިރު އެ ސަރަހައްދުގެ ގިނަ ބަޔަކަށް ވަންދޫ އިން ވަޒީފާގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށެވެ.

ނ. ރ.، ބ. އަދި ޅ. އަތޮޅުގައި އުފެދޭ ކުނި ނައްތާލަން ހިންގާ މި ބިޔަ މަޝްރޫއުގެ ދަށުން ވަންދޫގައި 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ)ގެ ކުނި ނައްތާލާ ސިސްޓަމް (އިންސިނެރޭޓާ) އެއް ބެހެއްޓުމަށް ހަމަޖައްސާފައިވެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ދިރާސާތަކަށް ބަލާއިރު ވަންދޫގައި ދުވާލަކު 40 ޓަނުގެ ކުނި ނައްތާލެވޭނެ އެވެ. މިއީ މި ސަރަހައްދުގައި ހިމެނޭ 46 ރަށަކާއި ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްތަކުގައި އުފެދޭ 52 ޓަނުގެ ކުނި ނައްތާލަން މާ ބޮޑަށް ވެސް އެކަށީގެންވާ ނިޒާމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި މި ސަރަހައްދުގެ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން 70 ޕަސެންޓްގެ ކުނި ވަންދު އަށް ގެންދާއިރު، ބާކީ 30 ޕަސެންޓަކީ ރަށުގައި ނައްތާލެވޭ ފަދަ ކުނި ކަމަށާއި މި ތަކެތި ނައްތާލުމަށް ހަތަރު އަތޮޅުގެ ރަށްތަކުގައި ކުނިކޮށި ހަދައި އެ ނިޒާމް ހަމަޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. biosphere

    މި ޕްރޮޖެކްޓަށް ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައި. މިނިސްޓަރ ތޯރިގަށް ނޭގުނަސް މެމްޕުން ނެރެފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި މި ޕްރޮޖެކްޓް ވަނީ މިހާރު ވަކި ރަށްތަކަކަށް ޓާގެޓް ކޮށްފައި. މުޅި ޕްރޮވިންސަށް އަމާޒުކޮށްގެން ފެށި މި ޕްރިޖެކްޓް އެންމެފަހުން ޕައިލެޓް ޕްރޮޖެކްޓަކަށް ވެފައި ޕްރޮވިންސްގެ ހައެއްކަ ރަށުން ކުނި ވަންދޫއަށް ގެންދާ ގޮތަށް ވަނީ ނިންމާފައި. މިވާހަކަ މިނިސްޓަރު ކީއްވެ ތޯ ވިދާޅުނުވީ. އިނގުރައިދޫ ނުހިމެނޭ މި ސެލެކްޓް ކޮށްފައިވާ ރަށްތަކުގެ ތެރޭގައެއް. މީ އަޅެ ދޮގެއްތޯ ބަލަން މެމްޕް މީހަކަށް ގުޅާފަ އަހާބަލަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.