ފެއިމްސް ޔުނައިޓޭޑާއި އޮޒޮކް ފައިނަލަށް

އިބްރާހިމް ޒަހާން ޒާހިރުކުޅިވަރު
ޑޮލަރ ސިޓީގެ ކުޅުންތެރިއެއް (ކ) އަތުން ބޯޅަ ހޯދަން އޮޒޮކްގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. -- ފޮޓޯ / ޓީބީ
ޑޮލަރ ސިޓީގެ ކުޅުންތެރިއެއް (ކ) އަތުން ބޯޅަ ހޯދަން އޮޒޮކްގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. — ފޮޓޯ / ޓީބީ

 

އޭދަފުށީގައި ކުރިއަށްދާ ތްރީ އޮން ތްރީ ސޮކާ ކަޕްގެ ފައިނަލުން ފެއިމްސް ޔުނައިޓޭޑާއި އެފްސީ އޮޒޮކް ރޭ ޖާގަ ހޯދައިފި އެވެ.

ދަ ބިގިނާސް ތްރީ އޮން ތްރީ ސޮކާ ކަޕް ފައިނަލުން އޮޒޮކް ފުރަތަމަ ފަހަރަށް ޖާގަ ހޯދީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ރޭ ދަ އެކްސްކާޝަން އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ. މިއީ މުބާރާތުގައި އޮޒޮކް ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި އެފްސީ އޮޒޮކް އާ ދެކޮޅަށް ނުކުންނާނީ ދެވަނަ ސެމީގައި ރޭ ޑޮލަރ ސިޓީ އަތުން 6-1 އިން މޮޅުވި ފެއިމްސް ޔުނައިޓެޑް އާ އެވެ. ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެއިމްސް ޔުނައިޓެޑް ތްރީ އޮން ތްރީ ކަޕްގެ ފައިނަލުގައި ކުޅޭ މިއީ ހަތަރު ވަނަ ފަހަރެވެ. އެ ޓީމު މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ގެންގޮސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުބާރާތުގެ ތަށީ ހޯދީ ވެލާ ސިޓީ އެވެ.

ފައިނަލް މެޗު އޮންނާނީ މިރޭ 10:00 ގައެވެ. ފައިނަލު މެޗަށްފަހު އިނާމުދިނުމުގެ ރަސްމިއްޔާތުވެސް ބާއްވާނެކަމަށް ދަ ބިގިނާސް އިން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...