3 އޮން 3 ސޮކާ ކަޕްގެ ޗެމްޕިއަންކަން ފެއިމްސް ޔުނައިޓެޑް ހޯދައިފި

ފެއިންމްސް ޔުނައިޓެޑް ޗެމްޕއިަން ޓްރޮފީއާއެކު-- އީޓީ ފޮޓޯ / ޒަހާން
ފެއިމްސް ޔުނައިޓެޑް ޗެމްޕިއަން ޓްރޮފީއާއެކު– އީޓީ ފޮޓޯ / އިބްރާހިމް ޒަހާން ޒާހިރު

 

ކްލަބް ދަ ބިގިނާސް ތްރީ އޮން ތްރީ ސޮކާ ކަޕުގެ ޗެމްޕިއަންކަން ފެއިމްސް ޔުނައިޓެޑް ހޯދައިފި އެވެ.

އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ކްލަބް ދަ ބިގިނާސް އިން ބޭއްވި މުބާރާތް ފެއިމްސް ޔުނައިޓެޑް ކާމިޔާބުކުރީ ފައިނަލުގައި ރޭ އެފްސީ އޮޒޮކް އާ ވާދަކޮށް 1-0 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު)
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު)

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑަށް ލަނޑު ޖަހައިދިން އަބްދުﷲ ޒައީމް އެވެ.

މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިނަށް ހޮވުނީ، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފެއިމްސް އިޝަން އިބްރާހީމް (ސައްޓު) ގެ އިތުރުން އޮޒޮކްގެ އަހްމަދު ޝިޔާމްގެ އާއި މުބާރާތުގައި އެންމެގިނަ ގޯލުޖެހި ޑޮލާr ސިޓީގެ މުއާޒު އަލީ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޑޮލަރ ސިޓީ އެވެ.

މިއަހަރުގެ މުބާރާތުން ފެއިމްސް ޔުނައިޓެޑް ޗެމްޕިއަންކަން ހޯދުމުން އެ ޓީމަށް އޮޓޮމެޓިކުން އަންނަ އަހަރުގެ މުބާރާތުން ޖާގަ ލިބޭނެ އެވެ. ފެއިމްސް ޔުނައިޓެޑް މި މުބާރާތުގެ ތަށި ހޯދި މިއީ ތިންވަނަ ފަހަރެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީީމަށް 3000ރ ދީފައިވާއިރު ރަނާ އަޕް ޓީމަށް 1500ރ. ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.