ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަނީ

ކުރިއަށް އޮތް އަޟްހާ އީދުގައި އޭދަފުށީގައި ބާއްވާ އީދު ކުޅިވަރުތައް އިސްތިހާރު ކުރުމަށް ހަދާފައިވާ ޕޯސްޓަރެއް
ކުރިއަށް އޮތް އަޟްހާ އީދުގައި އޭދަފުށީގައި ބާއްވާ އީދު ކުޅިވަރުތައް އިސްތިހާރު ކުރުމަށް ހަދާފައިވާ ޕޯސްޓަރެއް

 

ތަފާތު ގިނަ ކުޅިވަރު ހަރަކާތްތަކާއެކު މި އަހަރުގެ ބޮޑު އީދު ބ. އޭދަފުށީގައި ކުލަގަދަކޮށް ފާހަގަ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ ކްލަބް ޖަމިއްޔާތަކާއި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކާ ބެހޭގޮތުން ވާހަކަ ދެއްކި އޮފިޝަލަކު މިއަދު ބުނީ “އީދު ކުޅިވަރު 1435″ގެ ނަމުގައި ބޮޑު އީދުގެ ހަތަރު ދުވަސް މި ރަށުގައި ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައިވާ އިރު، މިއުޒިކް ޝޯ ތަކުގެ އިތުރުން ރަށުގައި އަރަމުން އަންނަ ޒުވާން ބޮޑުބެރު ގުރޫޕުތައް ވެސް އީދު ޝޯތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

އޮފިޝަލު ބުނިގޮތުގައި މިއުޒިކް ޝޯތަކުގެ އިތުރުން، ކޮންމެ އަހަރެއްގައި ވެސް ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތަކާއި ފުޓްބޯޅަ މުބާރާތް މި އަހަރު ވެސް މި ރަށުގައި އޮންނާނެ އެވެ. މީގެ އިތުރުން ބައިބަލާ، ތިންމުގޯލި، ބަށި މުބާރާތުގެ އިތުރުން ބޯކިބާ އެޅުމުގެ މުބާރާތެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.

“މީގެ ތެރެއިން ބައިބަލާ އަދި ވާދެމުން ކުރިއަށްދާނީ ރޭގަނޑު ބާއްވާ މިއުޒިކް ޝޯތަކުގެ ތެރެއިން،” އޮފިޝަލު ބުންޏެވެ.

އީދު ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތުން ބުނަނީ މިއީ މީގެ އަހަރުތަކެއް ކުރިން އީދު ކުޅިވަރަށް މުޅި ރާއްޖެ އަށް މަޝްހޫރު އޭދަފުށީގައި އީދު ކުޅިވަރުތައް ހުއްޓިފައި އޮތުމަށް ފަހު މި ސިލްސިލާގެ އާ ފެށުމަކަށް ވެދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. haabe

    ކުޅިވަރު ތައް ބޭއްވުމަށްވުރެ މާރަނގަޅުވާނެ ގޭގަ އޮވެ ނަމާދު ކުރިއްޔާ..އީދު ދުވަހު ހޮނިހިރު ބަތްޕެން ބުޔަސް މާރަނގަޅުވާނެ.
    ފްރޮމް؛ހާޒިމް-ބ.ކެންދޫ-ޖަންބުމާގެ.

    ރައްދު
  2. kohey

    ފަހަކަށް އައިސް އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުން ވެސް ޢީދު ފާހަގަކުރުމުގައި އިސްލާމް ދީނާ ނުގުޅޭ ކަންތައް ދަނީ ފެންނަމުންނެވެ. އެގޮތުން ދެޖިންސް ގައިގޯޅިވެ ބާއްވާ ލަވަކިއުމާ، ނެށުމުގެ ޝޯތަކާއި އިސްލާމީ ޙުދޫދުން ބޭރުގައި ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ އަތްލައި ޢީދު ދުވަހު ފެންކުޅިކުޅުމާއި ތަފާތު އެކިކުޅިވަރު ކުޅޭ މަންޒަރު ދަނީ ފެންނަމުންނެވެ. މިފަދަ ކަންތައްތަކަކީ އިސްލާމް ދީން ހުއްދަ ކުރާ ކަންތައްތަކެއް ނޫނެވެ.

    http://www.haveeru.com.mv/dhivehi/religion/158867

    ރައްދު
  3. ޢައްލާމް

    މާތް ﷲ މުސްލިމުންނަށް އުފާފާޅުކުރުމަށް ދެއްވާފައިވާ މި ދެ ޢީދުގައި އެކަލާނގެ މަނާކުރެއްވި ކަންތައްތަކަށް އަހަރެމެން އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި. ޤިޔާމަތް ދުވަހު އަހަރެމެން ފިލާ އޮންނާނީ ކޮންތާކު؟

    ރައްދު
  4. ހުސައިންނިމާލް

    އިރާދަކުރެއްވިއްޔާ ސިޔާސީ ކަމަކަށް ނުވާނެ، މީގެ ހެއްކަކީ އިންތިޒާމްކޮމެޓީގައި އަތޮޅުކައުންސިލުން މަބުރޫކް، އޭދަފުށިކައުންސިލުން އަލީވަހީދު، އަތޮޅުހޮސްޕިޓަލުން ސިދުޤީ ބައިވެރިވޭ..

    ރައްދު
  5. jeri

    ސާބަހޭ ޢީދުކުޅިވަރު އިންތިޒާމުކުރާ ކޮމިޓީއަށް. ނަމަވެސް އެކަން ސިޔާސީ ކަމަކަށް ނުހެދުމަށް އަޅުަގަނޑު އިލްތިމާސްކުރަން…..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.