ގާޒާ ފަންޑަށް ކައުންސިލުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ގާޒާ ފަންޑަށް އެހީވުމަށް އޭދަފުށީ ކައުންސިލުގަިއ ބެހެއްޓީ ފަންޑް ފޮއްޓަށް އެހީތެރިކަން ފޯރުކޮށްދެނީ-- ފޮޓޯ/ ފޭސްބުކް
ގާޒާ ފަންޑަށް އެހީވުމަށް އޭދަފުށީ ކައުންސިލުގަިއ ބެހެއްޓީ ފަންޑް ފޮއްޓަށް އެހީތެރިކަން ފޯރުކޮށްދެނީ– ފޮޓޯ/ ފޭސްބުކް

 

ގާޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހެލްޕް ގާޒާ ފަންޑަށް ބ. އޭދަފުށީ ކައުންސިލުގެ ފަރާތުން އެއް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ހެލްޕް ގާޒާ ތެލެތޯން އަށް ބ. އޭދަފުށީ ކައުންސިލް އިދާރާގައި ބެހެއްޓި ފަންޑު ފޮއްޓަށް 87،042.87 ރ. ލިބިފައިވާ ކަމަށާއި އަދި އޭދަފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައަށްވާ 6957.00 ރ އާއި ރައްޔިތުންގެ ނަމުގައި މާލިއްޔަތު އެކައުންޓުން ދިހަ ހާސް ރުފިޔާ އާއެކު ޖުމް 103،999.87 ރުފިޔާ އިއްޔެ ގާޒާ ފަންޑް އެކައުންޓަށް ޖަމާކޮށްފައިވާނެ ކަމަށް މިރަށޫ ކައުންސިލުން ބުންޏެވެ.

ހުކުރު ދުވަހުގެ މެންދުރު 14:30 އިން ފަށާއިގެން ރޭ މެންދަމު 3:00 އަށް، ދިވެހި މީޑިޔާތަކުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހެލްޕް ގާޒާ ޓެލެތޯނުގެ ފަންޑަށް އަތޮޅު ކައުންސިލުންވެސް ވަނީ ބޮޑެތި އެހީތަކެއްވެފައެވެ. އެގޮތުން ބ. އަތޮޅު ރައްޔިތުންގެ ނަމުގައި އަތޮޅު ކައުންސިލުން ވަނީ 27،522ރ ހަދިޔާ ކޮށްފައެވެ. އަދި މި ފަންޑަށް އެހީވުމަށް ތައުލީމީ މަރުކަޒުގައި ބެހެއްޓި ފަންޑް ފޮއްޓަށްވެސް ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ގިނަ މުއައްސަސާތަކުންނާއި ކުންފުނިތަކުން ވަނީ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އެއްކޮށް ފަންޑަށް ހަދިޔާ ކޮށް، އަދި އެ މުއައްސަސާތަކުން އިތުރު ފައިސާގެ އެހީތައް ފަންޑަށް ވެދީފަ އެވެ.

އަދި މީގެ އިތުރުން، އަމިއްލަ ގިނަ ކުންފުނިތަކަކާއި އާންމު ފަރުދުންގެ ގިނަ ބަޔަކު ވެސް ވަނީ ހެލްޕް ގާޒާ ފަންޑަށް ފައިސާ ހަދިޔާ ކޮށްފަ އެވެ.

21 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މިހާރު ލިބފައިވާ ހެލްޕް ގާޒާ ޓެލެތޯނަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު ޓެލެތޯނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.