ދިރާގު މޮބައިލް ނެޓްވޯކް 4ޖީއަށް އަޕްގްރޭޑް ކުރަނީ

ދިރާގު މޮބައިލް ނެޓްވޯކް އަޕްގްރޭޑް މަސައްކަތް ކުރިއަށްދާނެ ގޮތުގެ ޗާޓެއް
ދިރާގު މޮބައިލް ނެޓްވޯކް އަޕްގްރޭޑް މަސައްކަތް ކުރިއަށްދާނެ ގޮތުގެ ޗާޓެއް

ދިރާގު މޮބައިލް ނެޓްވޯކް 4 ޖީއަށް ފައްކާކޮށް، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކެއް މިއަދު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ދިރާގުން ކުރިއަށްގެންދާ މަސައްކަތްތައް މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލެ ސަރަހައްދުން ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެކުންފުނިން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.

އޭގެ ތެރޭގައި ފޯނު ކޯލު ލިބުމާއި މިސް ކޯލް އެލާޓް ލިބުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށާއި އަދި 3ޖީ ސްޕީޑްގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ދިރާގުން ބުނިގޮތުގައި މަސައްކަތްތައް މިއަދު ކުރާނީ ވިލިމާލެ އާއި އަމީނީ މަގުގެ މާފަންނު ހުޅަނގު ސަރަހައްދުގަ އެވެ. މި މަހުގެ 18 ވަނަ ދުވަހު ކަސްޓަމްސް ސަރަހައްދާއި ޗާނދަނީމަގާއި މަޖީދީ މަގުގަ މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު 19 ވަނަ ދުވަހު މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން އާޓިފިޝަލް ބީޗާ ދެމެދުގަ އެވެ. އަދި މިމަހުގެ 20 ވަނަ މަސައްކަތް ކުރާނީ ދުވަހު ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުން ފެށިގެން ނަސަންދުރަ ޕެލަސް ހޮޓަލާ ދެމެދުގަ އެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު މަސައްކަތް ކުރާނީ ހުޅުލެ ސަރަހައްދުގައި ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތްތައް ތާވަލް ކޮށްފައިވަނީ އެކަމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތައް ވީހާވެސް ކުޑަކުރެވޭނެ ގޮތެއް ބަލައިގެން ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތްތައް ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ނިންމާލެވުމުން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ މި މަސައްކަތް ނިމުމުން އެ ކުންފުނީގެ މޮބައިލް ހިދުމަތުގެ ސްޕީޑް މިހާރަށްވުރެ އެތައް ގުނައެއް ހަލުވި ވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތައް ސެޕްޓެމްބަރު މަހު މުޅިން ނިމޭއިރު މުޅި ރާއްޖެއަށް ދެމުން ގެންދާ ހިދުމަތުގެ ފެންވަރު ވެސް ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.