އަންހެނުންގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އަންހެނުންގެ ހުނަރު އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން- އީޓީ ފޮޓޯ / ތޯރިގް
އަންހެނުންގެ ހުނަރު އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން- އީޓީ ފޮޓޯ / ތޯރިގް

 

އިޤްތިސާދީގޮތުން އަންހެނުންގެ ހުނަރު އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް  އޭދަފުށީގައި މިއަދު ފަށައިފި އެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ފަރާތުން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ރ. ބ. އަދި ޅ އަތޮޅުން 30 އަންހެނުން ބޭކަނބަލުން ބައިވެރިވެ އެވެ.

ލޯ އެންޑް ޖެންޑާ މިނިސްޓަރީން ބުނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޭދަފުށީ މަލްޓި ޕާޕަސް ހޯލްގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ކުދި ވިޔަފާރި (ހޯމް ބޭސް) ވިޔަފާރި ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެކަމާއިގުޅޭ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި އިޤްތިސާދީގޮތުން ފުއްދުންތެރި ބަޔަކަށް ހެދުމަށްޓަކައި ކަމާބެހޭ ހުނަރާއި މަޢުލޫމާތަކީ މި ރޮނގުން އަންހެނުން ޤާބިލް ބައެއްގެ ގޮތުގައި ހެދުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތަށް ވުމާއިއެކު މި މަސައްކަތު ބައްދަލުވުން ނިމޭއިރު އަންހެނުން އިޖްތިމާޢީ، ސިޔާސީ އަދި އިޤްތިސާދީގޮތުން ކުރިއަރުވައި އެމީހުންނަކީ އެފަދަ ރޮނގުތަކުގައި މިހާރަށްވުރެ ހޭލުންތެރި އަދި ފުއްދުންތެރި، ބާރުވެރި ބަޔަކަށް ހެދުމަކީ މި މަސައްކަތު ބައްދަލުވުމުގެ އެންމެ މުހިއްމު މަޤްސަދެވެ.

މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން މި މަޤްސަދު ބައިވެރިންނަށް ހާސިލްވެގެން ދިއުމަކީ އެ މިނިސްޓްރީގެ އަމާޒެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. wafee

    ތިޔަބަޔަކުގެ ހުނަރު އިތުރުކޮށްގެން މަގުމަށްޗަށް ނުކުތީމަ ވާނީ މުޅި މުޖުތަމަޢު ފަސާދު. އައި އޭމް އެގަނަސްޓް ޑިމޮކްރެޓިކް ވުމެންސް ރައިޓްސް. އަޅުގަނޑު ތާއީދުކުރަނީ އިސްލާމް ދީނިގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ދީފައި އޮތް ރިވެތި އުސޫލުތަކަށް.

    ރައްދު
  2. wafee

    އަންހެނުން ތިބޭނީ އިސްލާމް ދީން އެކަނބަލުންނަން ދެއްވި ގަދަރާއި މަގާމުގައި ފަރުދާގެ ފުރަގަހުގައި ރަނގަޅު ޖީލެއް ބިނާކުރުމުގެ ޒިންމާނަގައިގެން ފަރުދާގެ ފަުރަގަހުގައި. ބަނީ އިސްރާޢީލް ބާގައިގެ މީހުންނަށް ވެސް ދިމާވި ފިތުނައަކީ އަންހެ ނުން. މިކަމާ ވިސްނަވާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.