ތުޅާދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ބ. ތުޅާދޫގައި އެސްޓީއޯ އިން ހުޅުވި ފާމަސީ: ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމަށް އެސްޓީއޯ އިން ވަނީ މަސައްކަތް ފަށާފައި. -- ފޮޓޯ/ އެސްޓީއޯ
ބ. ތުޅާދޫގައި އެސްޓީއޯ އިން ހުޅުވި ފާމަސީ: ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމަށް އެސްޓީއޯ އިން ވަނީ މަސައްކަތް ފަށާފައި. — ފޮޓޯ/ އެސްޓީއޯ

 

ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ރަށްރަށުގައި ފާމަސީގެ ހިދުމަތް ދިނުމަށް އެސްޓީއޯ އިން ފަށާފައިވާ މަސައްކަތުގެ ދަށުން ބ. ތުޅާދޫގައި އެ ކުންފުނިން އިއްޔެ ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯ އިން ބުނީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯ އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ފާމަސީއެއް ކަމަށެވެ. މިއީ ކޮންމެ ރަށަކުން ވެސް އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް ފަށާފައިވާ މަޝްރޫއެކެވެ.

އަދި މިއީ އެސްޓީއޯ އިން ހުޅުވި މިފަދަ 18 ވަނަ ފާމަސީ އެވެ. އެންމެ ފަހުން އެ ކުންފުނީގެ ފާމަސީއެއް ހުޅުވީ ރ. މީދޫގަ އެވެ .

އެސްޓީއޯ އިން ބުނީ ރަށްރަށުގައި އާސަންދައިގެ ހިދުމަތް ލިބޭ ފާމަސީތައް ހުޅުވުމަށް ފަށާފައިވާ މަޝްރޫއަށް ކައުންސިލަތުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އާބާދީ ބޮޑެތި ރަށްތަކުގައި މިހާރު ވެސް އެސްޓީއޯގެ ފާމަސީތައް ގާއިމުކޮށްފައިވާ އިރު އާދައިގެ އާބާދީތައް ހުރި ރަށްތަކަށް ވެސް އެސްޓީއޯ އިން ވަނީ އަމާޒު ހިފައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.