އިންޓަ އޮފީސް ފުޓްސަލް ޗެލެންޗް ސެޕްޓެމްބަރުގައި

މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު ފޭސްބެޗް ރޮފީއާއެކު. މިއަހަރުގެ މުބާރާތއް އަންނަ މަހު ފަށާނެ
މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު ފޭސްބެޗް ރޮފީއާއެކު. މިއަހަރުގެ މުބާރާތއް އަންނަ މަހު ފަށާނެ

 

އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ “އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް” ސެޕްޓެމްބަރު 1-6 އަށް ބާއްވަން ނިންމައިފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ފުލުހުން އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލިއިރު ކޮމްބައިން ޓީމު ތަކާއެކު މިއަހަރު 9 ޓީމުވަނީ ބައިވެރިވެފަ އެވެ.

މިއަހަރު ވަކިވަކި އޮފީސްތަކުގެ ގޮތުގައި ވާދަކުރަނީ ފެނަކަ އާއި އަތޮޅު ކައުންސިލް އާއި އަތޮޅުހޮސްޕިޓަލުގެ އިތުރުން މުބާރާތް އިންތިޒާމުކުރާ ފުލުހުންގެ ޓީމެކެވެ. ކޮމްބައިން ޓީމުތަކުގެ ގޮތުގައި އުރީދޫއާއެކު މީޑިއާ އާއި ކޯޓް ހިމެނޭއިރު އަތޮޅު ތައުލީމީ މަރުކަޒާއެކު ހިމެނެނީ ޕީޖީ އަދި ފެމެލީ ސެންޓަރެވެ. އަދި އެސްޓީއޯ އާއެކު އޭދަފުށީ ކައުންސިލް އިދާރާގެ ޓީމުގެ އިތުރުން ބީއެމްއެލް އާއެކު ވިލާ ކޮލެޖް ކޮމްބައިން ކޮށްފައިވާއިރު ދިރާގާ އެކު ކޮމްބައިން ކޮށްފައިވަނީ ބަޔޮސްފިއާ ރިޒާވް އެވެ.

ފުލުހުންގެ 80 ވަނަ އަހަރީދުވަހާއި ގުޅުވައިގެން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙު އާލާކުރުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެއްކަމަށް ފުލުހުން ބުންޏެވެ. އަދި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.

އުރީދޫއާއި އަތޮޅު ކައުންސިލު ކޮމްބައިކޮށް ނަގާފައި ޑަބްލިކް އޭސީ އަތުން 3-4 އިން އިން މޮޅުވެ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ހޮސްޕިޓަލާއެކު ހަތަރުއޮފީސް (ބީއެމްއެލް، ފެމެލީ ސެންޓަރު އަދި ރަށުކައުންސިލް) ގުޅިގެން މުބާރާތުގައި ވާދަކުރި ފޭސްބެޗް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.