އިގްތިސާދީގޮތުން އަންހެނުން ފުދުންތެރިކުރުމަށް ތަމްރީން ދީފި

އިގްތިސާދީގޮތުން އަންހެނުން ފުދުންތެރިކުރުމަށް ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިމުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން— އީޓީ ފޮޓޯ / ތޯރިގް
އިގްތިސާދީގޮތުން އަންހެނުން ފުދުންތެރިކުރުމަށް ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިމުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން— އީޓީ ފޮޓޯ / ތޯރިގް

 

އިގްތިސާދީގޮތުން އަންހެނުންގެ ހުނަރު އިތުރުކޮށް، ފުދުންތެރި ބަޔަކަށް ހެދުމަށް އޭދަފުށީގައި ހިންގި ތަމްރީން ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.

ލޯ އެންޑް ޖެންޑާ މިނިސްޓްރީ އާއި މައިންޑް ފީލްޑްސް އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގި އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދެއްވީ އެކަމަށްޓަކައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ލޯ އެންޑް ޖެންޑާ މިނިސްޓްރީ ހިންގުމާ ހަވާލުވެހުންނެވި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.

ލޯ އެންޑް ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އަންހެނުން ބާރުވެރިކުރުމަށް އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމުގައި ރ. ބ. އަދި ޅ. އަތޮޅުން 30 އަންހެނަކު ވަނީ ބައިވެރިވެފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ކުދި ވިޔަފާރިކުރާ އަންހެނުންނަށް އެކަމާ ގުޅޭ ހުނަރާއި މައުލޫމާތު އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމުގެ ގާނޫނަށް ވެސް ބައިވެރިން ހޭލުންތެރިކުރުވައި މައުލޫމާތު ދީފައިވާނެ ކަމަށެވެ.

މިފަދަ އިތުރު ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.