އީދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވަފާ ޖަމިއްޔާއިން މިދިޔަ ކުޑައީދު ބޭއްވި މާލި ހިންގާލުމެއްގެ ތެރެއިން. -- ފައިލް ފޮޓޯ
މިދިޔަ ކުޑައީދު ބޭއްވި މާލި ހިންގާލުމެއްގެ ތެރެއިން. ބޮޑުއީދުގައި އީދު ފެސްޓިވަލެއް ބޭއްވުމަށްދަނީ ތައްޔާރުވަމުން– ފައިލް ފޮޓޯ

 

މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބާއްވާ ބައެއް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އީދު ކުޅިވަރު އިންތިޒާމު ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ނިމާލު ބުނީ “އީދު ފެސްޓިވަލް 1435″ގެ ނަމުގައި ބޮޑު އީދުގައި ބޭއްވުމަށް ނިންމާފައިވާ ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ބަށި އަދި ބައިބަލާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ދެ މުބާރާތުގެ ޗެމްޕިއަންޓީމަށް 5000ރ، ހުށަހަޅާފައިވާއިރު، ބަށި ރާނީ އަށް އަދި މިސްޓަ ބައިބަލާއަށް 1000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ވާ ދެމުމާއި ބޯކިބާ އެޅުމުގެ މުބާރާތާއި ކާށިއެހުމާއި ހުނިގޭނުން ކަހަލަ ތަފާތު ކުޅިވަރުތައް ވެސް މިއަހަރުގެ އީދު ފެސްޓިވަލުން މުބާރާތެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އީދު ކުޅިވަރު ކޮމެޓީން ބުންޏެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 15 ގައި ހުޅުވާލާނެ ކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.

މީގެ އިތުރުން ވެސް ސްޓޭޖް ހަރަކާތްތަކާއި ހަވީރު ގަޑީގައި ރަށުގެ ބޮޑެތި މަގުތަކުގައި ދަނޑިޖެހުމާއި މާފަތި ނެށުމާއި ކޯޑި ކުޅުން ފަދަ ތަފާތު ކުޅިވަރުތައް ކުޅޭނެކަމަށް އީދު ކުޅިވަރު އިންތިޒާމު ކޮމެޓީން ބުނެއެވެ.

ނިމާލް ބުނީ އީދަށް ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވަރަށް ފޯރިއާއެކު ވަމުންދާ ކަމަށާއި މި ކުޅިވަރުތައް އިންތިޒާމް ކުރުމުގައި ވަފާ ޖަމިއްޔާ ފިޔަވައި ހުރިހާ ޖަމިއްޔާއަކުންވެސް ބައިވެރިވާ ކަމަށެވެ. އަދި އީދު ފެސްޓިވަލުގެ ކުޅިވަރުތައް އެއް ސަރަހައްދެގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އެ ކޮމެޓީން ބުންޏެވެ.

އީދު ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތުން ބުނަނީ މިއީ މީގެ އަހަރުތަކެއް ކުރިން އީދު ކުޅިވަރަށް މުޅި ރާއްޖެ އަށް މަޝްހޫރު އޭދަފުށީގައި އީދު ކުޅިވަރުތައް ހުއްޓިފައި އޮތުމަށް ފަހު މި ސިލްސިލާގެ އާ ފެށުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

11 ކޮމެންޓް

  1. Boki

    ރިޒާ ކެޑުނީ ބައެއްގެ ރޭވުމަކުން. ރިޒާ އަށް ބުނެލަން އޮތީ ރިޒާ ނުލާވެސް މި ފަހަރު ވަފާއިން އީދު ކުޅިވަރު ކުޅޭނެ!!!
    އަދި ފަހުން ވިސްނޭނެ މިބުނާ އެއްޗެއް !!!!!!

    ރައްދު
  2. ހީނާ އިއްބެ

    ބުނަންވެސް ނުބުނަންވެސް އޮތްވާހަކަ އަކީ އެކުވެރި ކަމާއެކު އީދުގެ ކުޅިވަރުތައް ކުރިއަޢް ގެނދެވޭތޯ ބަލާދޭށޭ………….

    ރައްދު
  3. alika

    ރިޒާ ކެނޑުނީ އޭދަފުށި އަވަށު ގެ ބައެއްގެ ބާރުން. ކަމަކާ ޖެހޭ ދުވަހަކުން އެމީހުން ނުތިބޭނެ. ވިސްނާލަން މުހިންމު.

    ރައްދު
  4. ސްޓީވަން

    ރިޒާ ކެނޑުނީ އަމިއްލައަށް. އޭނާއަށް އެއްވެސް މީހަކު ފޯސް ކޮށްފައެއް ނުވޭ. ހަގިގަތާ އެއްގޮތަށް މައުލޫމާތު ފެތުރުމަށް ގޮވާލަން

    ރައްދު
  5. wafee

    އަންވަރު މެން ގަބޫލު ނުވީ. އަދިވެސް އެ ހުދުމުހުތާރު ކަން ގެންގުޅެނީ. ވަފާ ނުވީ އެއް ނޫން އަންވަރުގެ ނުފޫޒުން ކަމެއް ނުވީ

    ރައްދު
  6. Ali Hilmy

    ވަފާ ޖަމިއްޔާއިން ކީއްވެބާ ބައިވެރި ނުވަނީ ރަށުގެ މިކަހަލަ އެއަބައިވަންތަ ކުޅިވަރު ފެސްޓިވަލް އެއްގައި ވަފާ ޖަމިއްޔާ ބައިވެރި ނުވުން އެއީ ވަރަށް ދެރަ ކަމެއް.. ހުރިހާ ބޭފުޅުންވެސް މިކަހަލަ ކަންތައްތައް ކުރާ އިރު ވަކިވެގަންނަން މަސައްކަތް ނުކުރައްވާ….. އޭދަފުށި ދަރިއެއް

    ރައްދު
  7. wafee

    ވަފާޢިން ކޮންމެއަހަރަކުވެސް އީދުކުޅިވަރު ކުޅޭތީ އެކަންތައްވެސް ހަލާކުކުރަން ޕޕމ އެމް އިން ކުރި މުޑުދާރު އަމަލެއް ތީ. ކުރިން އަހަރެމެން ޕޕމ އަށް ވެސް ތާއީދުުކުރިން. އެކަމު ދެން ތި ގުރޫޕް ތިބެގެން ތާއީދެއް ނުކުރާނަނަ. .

    ރައްދު
  8. wafee

    ވަފާ އަކީ އަބަދުވެސް އީދުކުޅިވަރު ކުޅޭބައެއް. ތިފަދަ ބޮޑުކަމެއް ރޭވިއިރު ފުރަތަމަވެސް ވަފާ އާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދަން ރޭވިނަމަ ވަފާ ވެސް ބައިވެރިވީސް. ވަފާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އޮތް ޖަމްއިއްޔާއެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.