ބޯހިމެނުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ބޯހިމެނުމުގައި ބ. އަތޮޅުގައި ހަރަކާތްތެރިވާނެ މީހުންނަށް ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ / އަލީ ރައްޒާނު
ބޯހިމެނުމުގައި ބ. އަތޮޅުގައި ހަރަކާތްތެރިވާނެ މީހުންނަށް ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ވޯކްޝޮޕްގެ ތެރެއިން– ފޮޓޯ / އަލީ ރައްޒާނު

 

އަންނަ މަހު ރާއްޖޭގައި ބާއްވާ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގައި ބ. އަތޮޅުގައި ހަރަކާތްތެރިވާނެ މީހުންނަށް ތަމްރީން ދިނުމުގެ ވޯކްޝޮޕްތަކެއް އޭދަފުށީގައި މިއަދު ފަށައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައާއި ބ. އަތޮޅު ހޮސްޕިޓަލުގެ ސެމިނާ ރޫމުގައި ކުރިއަށްދާ މި ޓްރޭނިން ޕްރޮގްރާމްގައި އޭދަފުއްޓާއި މިއަތޮޅުގެ އުތުރު ބިތުގެ ރަށްރަށުން ބޯ ހިމެނުމުގައި ހަރަކާތްތެރިވާ 60 މީހަކު ވަނީ ބައިވެރިވެފަ އެވެ. މި ޓްރޭނިން ޕްރޮގްރާމު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ ސެޕްޓެމްބަރު 20 އިން 27 އަށެވެ.

ރާއްޖޭގައި 1985 ވަނަ އަހަރުން ފެށިގެން ބޯހިމަނަމުން ގެންގޮސްފައި ވަނީ ފަސް އަހަރުން އެއް އަހަރު އެވެ. އަދި 2006 ވަނަ އަހަރުގެ ފަހުން ބޯހިމަނާފައެއް ނުވެ އެވެ. ބޯހިމެނުން އެންމެ ފަހުން ބާއްވާފައި ވަނީ މާޗް 21، 2006ގަ އެވެ. އެއީ 2005 ވަނަ އަހަރުގެ ބޯހިމެނުން 2004 ވަނަ އަހަރުގެ ސުނާމީ ހާދިސާއާ ގުޅިގެން ފަސްކުރުމަށް ފަހު ބޭއްވި ބޯހިމެނުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.