ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހޯގާޑާ ހަވާލުކޮށްފި

އޭދަފުށީ ހިއްކިބިން މަތިން ނަގާފައިވާ ފޮޓޯއެއް. ހިއްކިބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި
އޭދަފުށީ ހިއްކިބިން މަތިން ނަގާފައިވާ ފޮޓޯއެއް. ހިއްކިބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި

 

ބ. އޭދަފުށިން ބިންހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ޖަހަން 22.8 މިލިޔަން ރުފިޔާ އަށް އެމްޓީ ހޯގާޑް ކުންފުންޏާ ހަވާލުކޮށްފި އެވެ.

ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ނެދަލޭންޑްސްގެ އެންމެ މަޝްހޫރު އެއް ކުންފުންޏާ އޭދަފުށިން ހިއްކި ސަރަހައްދުގެެ ބޭރު ތޮށިލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދުއާއި އެ އަތޮޅު މީދު އާއި ކ. ތުލުސްދޫގެ ރިވެޓްމަންޓްގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައިވެއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު މުއިއްޒެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި އޭދަފުށީ ހިއްކި ސަރައްދު ވަށައިގެން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހޯގާޑް ކުންފުންޏާ ހަވާލުކުރީ 62 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މި ހުރިހާ ރަށަކީ ވެސް މި އަހަރުގެ ތެރޭގައި ފަޅު ހިއްކާފައިވާ ރަށްތައް ކަމަށާއި އެއްގަމު ތޮށި ނުހެދި ގިނަ ދުވަސް ވުމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް އަވަސް ކުރީ ވެސް އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ އެޑްވާންސް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ބަޖެޓުން ނަމަވެސް މަޝްރޫއަށް ހަރަދުވާ ފައިސާ ހިމަނާނީ އަންނަ އަހަރުގެ ބަޖެޓުގަ އެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ބޮޑު ހިލަޖަހައިގެން ކަމަށާއި އެހެންވެ މަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރުގެ ތޮއްޓެއް ގާއިމު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ހިއްކި ބިމުގެ އެކި ސަރަހައްދުތަކުން ބޮޑު ބައެއް މިހާރުވަނީ ގިރާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.