ހަވީރު އެވޯޑްސް އަށް އަނެއްކާ ވެސް ސެންޓޭ އާއި ހަމްޕު ނޮމިނޭޓް ވެއްޖެ

10726321_839464506072849_829395299_n

މި އަހަރުގެ ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުން ވާދަކުރާ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިންގެ
ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނިއްޖެ އެވެ.

ހަވީރުގެ ޓްރޮފީއާ 30،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސެންޓޭގެ އިތުރުން ވާދަކުރަނީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އާއި އަސްހަދު އަލީ (އަޑުބަރޭ) އާއި އަސަދުﷲ އަބްދުﷲ އަދި ކްލަބް އީގަލްސްގެ އިސްމާއިލް އީސާ އެވެ.

maldivesocerލީގުގެ ފުރަތަމަ ބުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހަމްޕު އާއެކު ވާދަކުރަނީ ބީޖީ ސްޕޯޓްސްގެ އަހުމަދު ވިސާމް (ޖެރާޑް) އާއި މާޒިޔާގެ އިރްފާން (އިރޭ) އާއި އީގަލްސްގެ ހަމްދާން އިބްރާހިމް އަދި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ސަމޫހު އަލީ އެވެ.

ލީގުގެ ދެވަނަ ބުރުގައި ކުޅުނު 7 މެޗުގެ ތެރެއިން އަލީ ފާސިރު ވަނީ 6 މެޗު ކުޅެ، 3 ގޯލު ޖަހައި، 2 ގޯލު ޖެހުމުގައި އެހީތެރިވެދީފަ އެވެ. އޭނާއަށް މި ބުރުގައި ނުކުޅެވުނީ އެންމެ ފަހު މެޗުގައި މަހިބަދޫ އާ ދެކޮޅަށެވެ. ސަބަބަކީ އީދުގައި މިރަށުގައި ބޭއްވި މުބާރާތުގައި ކުޅުމުގެ ސަބަބުންނާއި އީދު ބަންދަށް ފަހު ކްލަބުގެ ޕްރެކްޓިހަށް ހާޒިރުނުވާތީ ނިއު އިން އޭނާ އެ މެޗަށް ސަސްޕެންޑު ކުރުމުންނެވެ.

ހަމްޒާ މުހަންމަދު ވަނީ ފުރަތަމަ ބުރުގައި ނިއު އޭވައިއެލް ކުޅުނު މެޗު ފިޔަވައި ބާކީ 6 މެޗުގައި ކުޅެފައެވެ. އަދި 4 މެޗެއްގައި ފުރަތަމަ 11 އިން ވެސް ވަނީ ޖާގަ ހޯދައިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.