“ނިންމީ ކަމެއް ދިމާވެއްޖެ ނަމަ ތިން ދުވަހު މަޑުކުރެވިދާނެ ކަމަށް”

ބ. އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުން: ކައުންސިލަރުން އޮފީހަށް ނިކުންނަން ޖެހެނީ ދެ ދުވަހު ކަމަށް ގަރާރެއް ފާސްނުކުރާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި
ބ. އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުން: ކައުންސިލަރުން އޮފީހަށް ނިކުންނަން ޖެހެނީ ދެ ދުވަހު ކަމަށް ގަރާރެއް ފާސްނުކުރާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި

 

ބ. އަތޮޅު ކައުންސިލްގެ މެމްބަރުން އޮފީހަށް ނިކުންނަން ޖެހެނީ ހަފުތާގެ ދުވަހު ކަމަށް ކަނޑައަޅައި ގަރާރެއް ފާސްނުކުރާ ކަމަށާއި ކައުންސިލަށް ހުށަހެޅުމެއް ހުށަހަޅައި ނިންމީ، ރައްޔިތުންނާ ގުޅޭ ކަމެއްގައި އަތޮޅުގެ ރަށެއްގައި ނުވަތަ މާލޭގައި ގިނަވެގެން މަޑުކުރެވޭނީ ތިން ދުވަހު ކަމަށް ބައެއް ކައުންސިލަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބ. އަތޮޅު ކައުންސިލްގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުންނާ ގުޅޭ ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނާ އެކު ކައުންސިލަރުންނަށް ތިން ދުވަހު މަޑުކުރެވިދާނެ ކަމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ، ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާބު ކުރި ބަޔަކަށްވާތީ، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުވައިދީ، ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލް މެދުވެރިކޮށް ކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

“ކައުންސިލުން ގަރާރެއް ފާސްކުރީއެއް ނޫން، ހުށަހެޅުމެއް ހުށަހެޅީ އެގޮތަށް، އޭގެ ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުން. ރައްޔިތުންނާ ގުޅޭ ކަންކަމުގައި، ނުވަތަ ރައްޔިތުން ކަމެއް ބޭނުންވެއްޖެ ނަމަ ކައުންސިލަރުން އެ ރައްޔިތުންނާ އެކު މަޑުކުރުން،” އޭނާ ހަވީރަށް ވިދާޅުވި އެވެ.

ކައުންސިލަރުންނަށް، ރަށްރަށުގައި މަޑުކުރެވިދާނެ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާއެއް ދިމާވެގެން ގެއްލުން ލިބުމާއި ރައްޔިތުންގެ ތަރައްގީ އަށް ކުރާ ކަންކަން ނުވަތަ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަން ހިމެނޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

Untitled-1

“ކައުންސިލަރުން ދެ ދުވަހު އޮފީހަށް ނުކުމެފައި ތިން ދުވަހު ޗުއްޓީގައި ތިބޭ ގޮތަކަށް ނޫން. ހާލަތެއް މެދުވެރިވެއްޖެ ނަމަ މަޑުކުރެވިދާނެ ކަމަށް ހުށަހެޅީ،” ޝަރީފް ވިދާޅުވި އެވެ.

ބ. އަތޮޅު ކައުންސިލުން އިއްޔެ ފާސްކޮށްފައިވަނީ އަތޮޅު ކައުންސިލަރުން އަތޮޅުގެ ރަށެއްގައި ނުވަތަ މާލޭއަށް ވަޑައިގަންނަވާ އަމިއްލަ އަދި ރަސްމީ ދަތުރުތަކުގައި މަޑުކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެ އިރެއްގައި ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެހުންނެވި ބޭފުޅަކަށް ދަންނަވާލުމަށްފަހު މަޑުކުރެވިދާނެ ގޮތަށެވެ.

ނަމަވެސް މިގޮތަށް މަޑު ކުރެވޭނީ އެ މެންބަރުން ވަޑައިގަންނަވާ ދަތުރެއްގައި ގިނަވެގެން ތިން ދުވަހަށް ކަމަށާއި، ތިން ދުވަހަށްވުރެ އިތުރުވާނަމަ އެ އިތުރުވި ދުވަސްތަކަށް ކައުންސިލަރުން އޮފީހަށް ހާޒިރުވާ ދުވަހު ލިޔުމަކުން ތަފްސީލް ހުށަހެޅަންޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. fareed

    އެކޮމޮޑޭޝަން އެލަވަންސް ލިބޭއިރު ސަރުކާރުގެ ތަނެއްގައި ތިބުމަށްވެސް ފާސްކޮށްފައިވާކަމަށްވޭ! އަދި ތިއްބަވަނީވެސް އެގޮތަށް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.