ފިހާރައެއް ފަޅާލައި ފައިސާ އާއި ބައެއް ސާމާނު ވަގަށް ނަގައިފި

ސްޓޯން ފިހާރަައިގެ ދޮރު ހަލާކުކޮށްލާފައި
ސްޓޯން ފިހާރަައިގެ ދޮރު ހަލާކުކޮށްލާފައި

ބ. އޭދަފުށީ ދިގަލިގޭ “ސްޓޯން” ފިހާރަ ރޭ ފަޅާލައި، ފައިސާ އާއި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

އޭދަފުށީ އުތުރު ފަރާތު ބަދަރުމަތީ ހުންނަ “ސްޓޯން” ފިހާރަ އަށް ވަގު ވަދެފައި ވަނީ ފިހާރައަށް ވަންނަ މައި ދޮރު ހަލާކުކޮށްލައިގެންނެވެ.

ދިގަލި ފިހާރައިން ވާޙަކަ ދެއްކި އަބްދުލް ބާގިރު ބުނިގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި އެ ފިހާރަ ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާ އާއި ފޯނު ކާޑާއި ބައެއް ސާމާނު ވަނީ ވަގަށް ނަގައިފަ އެވެ.

އޭނާ ބުނިގޮތުގައި ފިހާރައިގެ އިތުރުން އެ ގޭ ސިމެންތި ގުދަނުގެ ދޮރަށާއި ގޭގެ ކޮޓަރިއެއްގެ ދޮރަށްވެސް ވަގު ވަނީ ގެންލުންދީ ވައްކަންކުރަން މަސައްކަތް ކޮށްފަ އެވެ.

“ވައްކަން ކުރިކަން އެނގުނީ ފަތިހު މަސައްކަތު މީހާ ކުނިކަހަން ނުކުތް އިރު، އޭރު ފިހާރައިގެ ވަތްގަނޑުގައި ހުރި ބައެއް ފައިސާ އާއި އިތުރު ބައެއް ތަކެތި ވަގަށް ނަގާފައިވަނީ، އަދި ސިމެންތި ގުދަނުގެ ދޮރުވެސް ހަލާލުކޮށްލައި ގޭ ގޮޓަރިއެއްގެ ތަންޑުވެސް ވަނީ ހަލާކޮށްލާއި ގެ އަށް ވަންނަން މަސައްކަތް ކޮށްފައި” ބާގިރު ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ. އެކަމަކު މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Humain

    ތީހަމަ ވަރަށް ބޮޑަށް ރާވައިގެން ހިންގާ ޖަރީމާތަކެއް! ތިކަންކަނުގެ ފަހަތުގައިވަނީ ރަށައްނިސްބަތްވާ މުއްސަނދި ވިޔަފާރިވެރިން، ފަތުގެ ވިޔަފާރި ކުރުމާއި ވައްކަމުގައި މިވީހާތަނައް ހުކުން އިއްވާފައިވާ ކިތައްމެ މީހަކުވަނީ ދޫކޮށްފަ! ހައްޔަރު ކުރާއިރަށް ދޫކުރަނީ !!!!

    ރައްދު
  2. fathafoli raajaa

    midhen kihaa bodu veh jeh kameh tha eydhafushiga ves mikan tah kuran feshy tha mihaaru eydhafushi police kobaa umarubunaa hen polihun partay alaathun naa eh koh coffey ah araa eh meehun naagulhun baavan hedheema vaaney mikahala goteh
    /:

    ރައްދު
  3. ga

    ތިވާނީ ރަށުބަނދަރުގައި އަޅަފަ އޮންނަ ކަންނެލި އޮޑިފަހަރުގެ ކަމަކަށް. އެއީ އޭދަފުއްޓަކީ ތިކަހަލަ ކަމެއް ހިނގާ ރަށެއްވެސް ނޫން. ރޭގަ އޮތް ދެތިން ކަންނެލި އޮޑި އޭދަފުށީ ބަނދަރުގައި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.