ސްޓޯން ފިހާރަ ރޭ ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ސްޓޯން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަނީ. ވަގަށްނެގި ތަކެތި ފުލުހުން މިހާރުވަނީ ހޯދާފައި.---
ސްޓޯން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަނީ. ވަގަށްނެގި ތަކެތި ފުލުހުން މިހާރުވަނީ ހޯދާފައި.—

 

ބ. އޭދަފުށީ ބަނދަރުމަތީގައި ހުންނަ “ސްޓޯން” ފިހާރަ ފަޅާލައި ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ފުލުހުން ހޯދައިފި އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި އެތަކެތި ހޯދާފައިވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ޓީމަކުން އެކަމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ވަގަށް ނަގާފައިވާ ތަކެތި ފެނުނީ މިރަށު ދަނާލާ ދިމާ ހުރި ނިކަގަހުގެ ބުޑުގައި ކޮތަޅަކަށް އަޅާ ބަންދުކޮށް ވަޅުލާފައި ހުއްޓާ ކަމަށްވެއެވެ..

އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ގިނަ އަދަދެއްގެ ފައިސާއާއި ފޯނު ކާޑުގެ އިތުރުން ސިނގިރޭޓް ކާޓޫނެވެ. ސްޓޯން ފިހާރަ އަށް ވަގުންވަދެފައިވަނީ ރޭ ދަންވަރު ފިހާރައަށް ވަންނަ މައި ދޮރުގެ ބިއްލޫރިގަނޑޫ ތަޅާލައި ގެންނެވެ

އެ މައްސަލާގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަންވެސް އެނގިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. faa

    ތިކަންތައްކެއް ނުހުއްޓޭނެ. ފުރަތަމަ ޖެހޭނީ އޭދަފުށީގައި ތިބި ޕޮލިހުން ބޭރުކުރަން. ދެން ގާޒީ ބޭރުކުރަން. އޭރުން އޭދަފުށީގައި ހަމަޖެހުން ލިބޭނީ.

    ރައްދު
  2. nasheet

    އަލީ ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. ކުރިންވެސް ދޫކޮއްލި ފަދައިން މި ފަހަރުވެސް އެއްބަސް ވިޔަސް ދޫކޮށްލާނެ. މީ ކޮންފަދަ އިންސސާފެއް ނެތް ސަރުކާރެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.