އީދު ފެސްޓިވަލް ގެ ޓީމުތަކަށް ފައިސާ ނުލިބިގެން ޝަކުވާ ކުރަނީ

އީދު ފެސްޓިވަލުގެ ބައިލބަލާ މުބާރާތުގެ ތެރެއިން. ބައެއް ޓީމުތަކަށް ފައިސާ ނުލިބިގެން ވަނީ ޝާކުވާ ކޮށްފައި-- ފައިލް ފޮޓޯ
އީދު ފެސްޓިވަލުގެ ބައިލބަލާ މުބާރާތުގެ ތެރެއިން. ބައެއް ޓީމުތަކަށް ފައިސާ ނުލިބިގެން ވަނީ ޝާކުވާ ކޮށްފައި– ފައިލް ފޮޓޯ

 

ފާތުމަތު ޒުހުދާ އަދި ތޯރިގް އަބްދުއްރަހްމާން

މިދިޔަ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލާއި ބައެއް ކްލަބް ޖަމިއްޔާތަައް ގުޅިގެން  ބޭއްވި “ބީއެމްއެލް އީދު ފެސްޓިވަލް” ގެ ކުޅިވަރު މުބާރާތްތަކުން ވަނަތައްހޯދި ބައެއް ޓީމުތަކަށް ފައިސާ ނުލިބިގެން ޝަކުވާ ކުރަން ފަށައިފި އެވެ.

އީދު ފެސްޓިވަލުގެ މުބާރާތްތަކުގައި ބައިވެރިވި ބައެއް ޓީމުތަކުގެ މީހުން އީޓީ އަށް ބުނިގޮތުގައި އީދު ނިމި މަސްދުވަސް ވެގެންދާއިރުވެސް ޗެމްޕިއަންޓީމަށް ދޭންބުނި ފައިސާ އަދިވެސް ނުލިބެ އެވެ. އެކަމަކު ބައެއް ޓީމުތަކަށް ފައިސާ ދީފައިވާ ކަމަށްވެސް “އީޓީ” އާ ވާހަކަދެއްކި ބައެއް ޓީމުތަކުގެ މީހުން ބުންޏެވެ.

“ޓީމަށް ދޭންބުނި ފައިސާ ނުދީގެން އެކި މީހުން ގުޅީމަ ލިބެނީ އެކި ޖަވާބު، ބައެއް މީހުން ގާތުގައި އެހީމަ ބުނަނީ ތިމަންނަ މީ މިވެނި މީހަކު ބުނެގެން އެތަނަށް ގޮސްހުރި މީހެކޭ. ދެން ބުނަނީ އެހެން މީހަކަށް ގުޅާށޭ. އެހެންވެ އަހަރެމެން އެމީހުނަކަށް ނުގުޅަން،” ބަށި އަދި ތިންމުގޯލި މުބާރާތުގައި އުޅުނު ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

އީދު ފެސްޓިވަލް އިންތިޒާމު ކޮމެޓީގައި އިސްކޮށް އުޅުން މީހަކު ބުނިގޮތުގައި ކުޅިވަރު މުބާރާތްތަކުން ޗެމްޕިއަން އަދި ރަނާ-އަޕް ލިބުނު ޓީމު ތަކުގެ ތެރެއިން ފައިސާގެ އިނާމު ނުލިބޭ ޓީމުތަކަށް ފައިސާ ނުދެވި ލަސްވަނީ ބީއެމްއެލް އިން ފައިސާ ނުލިބިގެންނެވެ. ފައިސާ ލިބުނުހާ އަވަހަކަށް އެ ފައިސާ ޓީމުތަކަށް ހަވާލުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަދި ބުނީ ފައިސާ ނުލިބިގެން އެއްވެސް ޓީމަކުން މިހާތަނަށް އިންތިޒާމުކުރި ފަރާތަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލް އީދު ފެސްޓިވަލަށް ބޭންކް އޮފް މޯލްޑިވްސް އިން 170000 (އެއްލައްކަ ހަތްދިހަ ހާސް ރުފިޔާ) ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 119000ރ ބީއެމްއެލް އިން އީދު ފެށުމުގެ ކުރިންވަނީ ޖަމާކޮށްދީފަ އެވެ. އަދި އެސްޓީއޯއިންވެސް 40،000ރ އީދު ފެސްޓިވަލަށް ދިން ކަމަށްވެ އެވެ.

އެނގިފައިވާ ގޮތުގައި ބީއެމްއެލް އިން ފައިސާ ނުދީ ލަސްވަނީ ބައެއް ފަރާތްތަކުން އީދު ފެސްޓިވަލް ކަންތައްތައް ދިޔަގޮތާމެދު ހިތްހަމަ ނުޖެހިގެން ބީއެމްއެލް އަށް ޝަކުވާ ހުށަހަޅާފައިވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

12 ކޮމެންޓް

  1. hassan

    އީޓީއަކީ ވަކި އަތަކަށް ބުރަނުވެ، ދުވަހުން ދުވަހަށް ތާޒާކަމާއެކު ޚަބަރުތައް ގެނެސްދޭ ނޫހެއްކަން ފާހަގަކުރަން. ނޮން ރެޖިސްޓެޑް ނޫސްތައް މިހާރު ނުހިނގާކަންވެސް މިފުރުޞަތުގައި ފާހަގަކުރަން.

    ރައްދު
  2. sainoosaaa raai

    ބައްޓޭ އޯކޭ؟ ބަލަ ބައްޓޭއަކީ އެންމެ މީހެކޭ!!! ތިބުނާ އީދު ފެސްޓީވަލް އަކީ ކައުންސިލާ އޭދަފުށީގެ ތިން ޖަމްއިއްޔާ ފިޔަވާ ދެންހުރި ހުރިހާ ޖަމްއިއްޔާ ތަކެއް ގުޅިގެން ބީއެމް އެލްގެ 130000 ރުފިޔާގެ ސްޕްންސާރ އަކާއެކު ކުރިކަމެއް. ދެން ކީއްވެ އިނާމު ނުދެވުނީ. ކޮބާ ލާރިގަނޑު.

    ރައްދު
  3. hassan

    އީޓީ ވަކިއަތަކަށް ނުޖެހި، ތިޔަ ކުރައްވާ ގޮތަށް ނޫސްވެރިކަން ކުރިއަށް ގެންދަވާތީ ވަރަށް އުފާވޭ. ތިޔައީ ދެފުށް ފެންނަ ނޫސްވެރިކަމަކީ.

    ރައްދު
  4. hassan

    ބޭބެ އުޅުނަސް ކާފަ އުޅުނަސް ހަގީގީ ނޫސްވެރިކަމަކީ މިއީ. ކޮރަޕްޓް ނެތް، ޒިންމާދާރު ނޫސްވެރިން އެބަ ފެނޭ އީޓީގެ ތެރެއިން. މަރުޙަބާ އީޓީ. ސާފު ހިތަކައިގެން އީޓީ ކުރިއަށް ކުރިއަށް. ބާރަށް ކުރިއަށް.

    ރައްދު
  5. ނަޝިތު

    މި ކަހަލަ ލިޔުން ލިޔަނީ ތެދަށް ވުރެ ބޮޑަށް ބުންޏޭ ބުންޏޭ ކިޔައިގެން ބައެއްގެ އަބުރު ކަތިލުމުގެ މަގްސަދުގަ. މީ ޒިންމާދާރު ނޫސްވެރިކަން ކުރާ ގޮތެއް ނޫން. މިކަހަލަ ވާހަކަ ލިޔާއިރު މި ޚަބަރު ލިޔުން މީހުންގެ ފަތިފުށް ފާޅުކުރަން އެހެން މީހުން އެހެން ސިފައެއްގަ އުޅެފާނެކަން ވެސް ދަންނަން ޖެހޭނެ. އެހެން ނޫނަސް އީދު ކުޅިވަރުގެ އެންމެ އިސްކޮށް އުޅުނު ހަތަރުމީހުންގެ ތެރޭގައި މި ޚަބަރު ލިޔުން މީހާގެ ބޭބެ ވެސް ހިމެނޭކަން އެގޭ ނަމަ މި ޚަބަރެއް ނުލިޔާނެ. ދަންނަވާލަން ބޭނުންވަނީ ތިޔައީ ނޫހެއްކަން ހަނދުމަފުޅުކުރައްވާށެ. ކާކުތޯއޭ ތިޔަބޭފުޅާ އަރިހު ވިދާޅުވީ އީޓީ އަކީ ތަހްގީގު ކުރާ ކޯޓެކޭ.

    ރައްދު
  6. ބަޝް

    ބަސްމަގު ކޮމެންޓު ކުރާ ބޭފުޅުން ރަގަޅު ކުރުމަށް އެދެން. މިއީ ހަމަ އެކަނި ކޮމެންޓުކުރާ ފަރާތްތައް ހިޔާލް ހުށަހަޅާ ނޫހެއްނޫން. އެފަރާތްތަކާއެކު، އާއިލާމީޙުންނާއި، އެފަރާތްތަކުގެ ކުދިން އަދި މައިންބަފައިންވެސް މި ހަބަރުތަކާއި ކޮމެންޓުތައް ކިޔާނެކަން ދަންނަންވާނެ. މިފަދަ ކަމަކަށް ފައިސާ ދޭން ކަނޑައެޅި ފަރާތްތަކަކީ ހަމަ ގައިމުވެސް މަކަރާއި ހީލަތުން އެކަންކަން އޮޅުވާލާނެ ފަރާތްތަކެއްކަމަށް ނުދެކެން. މިކަން ހިގާފައިވާގޮތް، އަސްލު ހަގީގަތް ބެލޭނެ ނިޒާމު ވަރަށް ރަގަޅަށް ހަމަޖެހިފައި އޮންނަންޖެހޭ. އަދި މިފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުންވެސް، ފައިސާގެ މުއާމަލާތް ކުރާ ފަރާތަކީ، މީޙުންގެ ލޯބިލިބިފައިވާ، އަދި އިތުބާރު ހިފޭ ފަރާތެއް ކަމަށްވުމާއި، އަދި އެފަރާތަކީ މިކަންކަން ހައްލުކުރެވޭނެ ގާބިލް މީހަކަށް ވުމަކީ ބޭނުންތެރިކަމެއްކަމުގައި ދެކެން. އަދި ފައިސާ ގެ އިނާމަކީ ކަން ނިމި 1-3 މަހާއި ދޭތެރޭ ދޭއެއްޗަކަށްވާނަމަ، މިކަމުގެ އަސްލު މަގުސަދު އޮޅި، ކަންކަމުގެ ރޫހުގެއްލޭނެގޮތްތައްވުމަކީ ވަރަށް ކައިރިކަމެއް. މިއަދު މިއިވެނީ މިފަދަ އަޑުތައްކަން ޔަގީން. އެހެންކަމުން މިކަމުގައި ޒިންމާ ނަންގަވައިގެން މިކަން ކުރިއަށް ގެންދެވި ފަރާށތްތަކުން ވީ އެންމެ އަވަހަކަށް މިފައިސާގެ އިނާމުތައް ހޯއްދަވާދެއްވުން އެދޭވާހަކަ ދަންނަވަން. ޝުކުރިއްޔާ.

    ރައްދު
  7. Goidhoo meeha

    ތިކަމަށް މަޝްހޫރު މީހުން ގިނަވީމަ ވާނީ ތިހެން. އެންމެންވެސް އުޅެނީ ލާރި ނުކެވިގެން. މުޅި ރާއްޖެއަށް ވެސް މަޝްހޫރުވެއްޖެ މިހާރު

    ރައްދު
  8. ޢިސްމާއިލް

    ކަލޯ. ބައްޓޭމެން، ކަޑޭމެން ބާއްވާ މުބާރާތް ތަކުގެ ފައިސާވެސް ލިބެނީ 1 އަހަރު ފަހުން، އެވާހަކަ އެއްނުދައްކާ، މީއަދި އެއަށްވުރެ ވާވަރުގަދަކޮށް ދިޔަކަމެއް، އަދި ފައިސާ ނުދީގެން އުޅޭވަރެއް ނުވޭދޯ، އޭރުގޮވީ ލާރިގަޑުކާލީއޭ. މިހާރު ލާރި ނުދޭވާހަކަ. ކާލި ލާރިގަޑެއް ކިހިނެއް ދޭނީ. ……….

    ރައްދު
  9. އައްޔަ

    ތިޔަ ސަކުވާ ހުށައެޅި މީހުން އެހިފަހެއްޓީ ތިޔަ ދޭންޖެހޭ ލާރިކޮޅު… ކޮބައިތޯ ލާރިކޮޅު ލިބެންޖެހޭ މީހުންގެ ހައްގު… އެހައްގު ނިގުޅައިގަތުމަށް ހުށައެޅި މައްސަލަތަކެއްތީ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.