ހިލޭ އެހީދޭ ޕްރޮޖެކްތައް އެވޯޑް ކުރުން ފަސްކޮށްފި

ބަޔޮސްފިއާ ރިޒާވް އޮފީސް
ބަޔޮސްފިއާ ރިޒާވް އޮފީސް

 

ބ. އަތޮޅު ބައޯސްފިޔާ ރިޒާވް އޮފީހުގެ ކޮންޒަވޭޝަން ފަންޑުން މިއަހަރު އެހީދޭން ނިންމާފައިވާ ޕްރޮޖެކްޓްތައް އެވޯޑްކުރުމަށް މިއަދު މެންދުރު ބާއްވަން ހަމަޖެއްސި ރަސްމިއްޔާތު ފަސްކޮށްފި އެވެ.

ބ. އަތޮޅު ބައޯސްފިޔާ ރިޒާވް އޮފީހުން ބުނިގޮތުގައި ބައްދަލުވުން ފަސްކުރީ މިއަދު އެންވަޔަރަމަންޓް މިނިސްޓަރަށް ވަޑައިގެންނެވެން ނެތުމުގެ ސަބަބުންނެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން ދެން ބާއްވަނީ މާދަމާ ރޭ 8:30 ގައި މަލްޓިޕާޕަސް ހޯލުގަ އެވެ.

އެ ރަސްމިއްޔާތުގައި މިއަތޮޅުގެ ހަތް ރަށަކުން ހުށަހަޅާފައިވާ ހަތް ޕްރޮޖެކްޓަކަށް ހިލޭ އެހީ އެވޯޑް ކުރާނެ އެވެ. އެއީ ކެންދޫ ސްކޫލް، މާޅޮހު އަންހެނުންގެ ކޮމެޓީ، ދަރަވަންދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ސޮސައިޓީ، އޭދަފުށީ ފޭލި ޖަމިއްޔާ، ކިހާދޫ ފާމް ފައުންޑޭޝަންގެ އިތުރުން ތުޅާދޫ އަދި ކުޑަރިކިލު ކައުންސިލެވެ.

މި ޕްރޮޖެކްޓްތަކަށް އެއްލައްކަ ޑޮލަރު ދޫކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ދޫކުރަނީ ދެއަހަރު ދުވަހުގެ މުއްދަތުގައި މި އެހީގެދަށުން ޕްރޮޖެކްޓްތައް ނިންމަންޖެހޭގޮތަށް ކޮންމެ ޕްރޮޖެކްޓަކަށްވެސް ފަނަރަހާސް ޑޮލަރެވެ.
ހިލޭ އެހީދޭ ޕްރޮޖެކްތައް ކަނޑައަޅާފައިވަނީ ގައުމީ އަދި ރަށު ފެންވަރުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށާއި އިލްމީ ދިރާސާތައް ކުރާ އިދާރާތަކަށާއި އަންހެނުންގެ ކޮމިޓީތަކަށާއި ކައުންސިލްތަކަށާއި އަދި ރިސޯޓްތަކަށް ހުޅުވާލި ފުރުސަތުގައި އެކިފަރާތް ތަކުން ހުށައަޅާފައިވާ ޕްރޮޕޯޒަލްތައް ބެލުމަށްފަހު ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.