“ފިހާރަ ފަޅާލި މައްސަލާގައި ހައްޔަރުކުރީ ކުށުގެ ރެކޯޑް އޮތް 3 މީހުން”

ބ. އޭދަފުށި ފިހާރައަކުން ވަގަށް ނަގާފައިވަނިކޮށް ފުލުހުންގެ މަސައްކަތުން ހޯދި ތަކެތި -- ފޮޓޯ: އޭދަފުށި ޕޮލިސް ސްޓޭޝަން
ބ. އޭދަފުށި ފިހާރައަކުން ވަގަށް ނަގާފައިވަނިކޮށް ފުލުހުންގެ މަސައްކަތުން ހޯދި ތަކެތި — ފޮޓޯ: އޭދަފުށި ޕޮލިސް ސްޓޭޝަން

 

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު ބ. އޭދަފުށީ “ސްޓޯން” ފިހާރައިގެ ބިއްލޫރިގަނޑު ފަޅާލައި އެ ފިހާރައިން ވައްކަން ކުރިކަމުގެ ތުހުމުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހުންނަކީވެސް ތަފާތުއެކި މައްސަލަތަކުގެ ރެކޯޑް އޮންނަ ތިން މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 35 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެ ކެވެ. އެ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

“މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3 މީހުންގެ ތެރެއިން 35 އަހަރުގެ މީހާއަކީ އެއްފަހަރު ހުއްޓުވާ ސުވާލުކޮށް ހަތަރު ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތިން ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗައް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ނިމި ދައުވާ ކުރުމަށް ޕްރެސެކިއުޓާ ޖެނެރަލް އަށް ވަނީ ފޮނުވާފަ އެވެ. 24 އަހަރުގެ މީހާއަކީ ހަތްފަހަރު ހުއްޓުވާ ސުވާލުކޮށް ހަތަރުފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަތަރު ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި 22 އަހަރުގެ މީހާއަކީ ދެ ފަހަރު ހުއްޓުވާ ސުވާލުކޮށް ދެފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ،” ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އަދި މި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ތިން މީހުންކަމަށްވެސް ފުލުހުން ބުންޏެވެ.

މިތިން މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް މައްސަލަ ހުށަހެޅުނުތާ ހަ ގަޑި އިރުތެރޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ވަގަށް ނަގާފައިވާ ފައިސާއާއި ސާމާނުތައް ފެނިފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުން ދިރިއުޅެމުންދާ ގެއިންނާއި އޭދަފުށީ ދަނާލު ކައިރީގައި ވަޅުލާފައި ވަނިކޮށެވެ.

މިތިން މީހުންގެ ބަންދަށް 15 ދުވަސްޖަހައި މި މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އިއްބަ

    މިހާރު ފޮނުވާފައިވާ މައްސަލަތައް ނުނިމެނީސް އަނެއްކާވެސް ….ސާބަހޭ ….. މިބައިމީހުންނަށް މިކަންކަން ކުރުމަށް ފުރުޞަތު ލިބިފައިވާނީ އިއްޒަތްތެރި ބަކަރިކޮށި މެމްބަރުން ހަދާފައިވާ މޮޅު ގާނުން.

    ރައްދު
  2. sareefa

    އުމުރަށް ޖަލަށް ލާން ފެނޭ! ރަށުގެ ހަލާކު، މުޅި ހުރިހާ ވައްކަމެއްގެ ވެރިޔާ! އޭނަގެ އަތްބުރިކުރަންވީ !

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.