އަތޮޅުލީގު ތަށި މިލްކު ކުރަން އޭދަފުށި ނުކުންނަނީ

އޭދަފުށީ ބީޑީސީގެ ޓީމް ފޮޓޯއެއް /- އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
އޭދަފުށީ ބީޑީސީގެ ޓީމް ފޮޓޯއެއް /- އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

 

ހަތް ވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގައި ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން އޭދަފުށީ ބެޑްމިންޓަން ޓީމު މިއަހަރުވެސް ބައިވެރިވެއްޖެ އެވެ.

އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީން ބުނީ، މި މަހުގެ 21 ން 30 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރުމަށް ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާ ކަމަށެވެ. ރަސްމީކޮށް ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ މީގެ ތިން ހަފްތާ ކުރިންނެވެ.

“އުއްމީދު ކުރަނީ ވޭތުވެދިޔަ ދެ އަހަރު ހޯދި ކާމިޔާބީ ތަކުރާރުކޮށް، ތަށި މިލްކު ކުރުން. އަދި ބ. އަތޮޅަށާއި އޭދަފުއްޓަށް ރީތި ނަން ހޯދައިދިނުން.” ޓީމްގެ މެނޭޖަރު އަލީ ޒާހިރު ވިދާޅުވި އެވެ.

މި މުބާރާތުގައި އޭދަފުށީ ޓީމު ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމު އިވެންޓުގެ އިތުރުން، އޯޕަން އިވެންޓުގައެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުން އޭދަފުށީ ޓީމު ޗެމްޕިއަންކަން ހޯދީ ހދ. ނޮޅިވަރަމް ޓީމާ ބައްދަލުކޮށް ތިންސެޓު އެއްސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި މީގެ އިތުރުން، ފިރިހެން އޯޕަން ސިންގަލްސް ޗެމްޕިއަންކަން އޭދަފުށީ ޓީމުގެ ތޮލާލް އަބްދުއްތަހްމާނު ވަނީ ހޯދާފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ލިބިފައި ވިއަސް، ތައްޓާއި މެޑަލް ނުލިބޭތީ، އޭދަފުށީ ބީޑީސީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.