ރާއްޖޭގެ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ އޭދަފުށީ އަވި، ނީޝާން ވަހީދަށް ދެއްވައިފި އެވެ.
އިއްޔެ ހެނދުނު ވެލާނާގޭ ޖަލްސާކުރާ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ނީޝާންގެ އިތުރުން އިތުރު ހަތަރު ބޭފުޅަކަށްވަނީ ވަކާލާތުކުރުމުގެ ހުއްދަ ދީފަ އެވެ. އެއީ ސ. ފޭދޫ ގެދަރުގޭ ފާތިމަތު ސައީދު އާއި ކ. މާލޭ ހެޕީވިލާ ސިނާން ރަފީއު އާއި ކ. މާލޭ ފުންފަޅު އިބްރާހީމް ޝިޔާމްގެ އިތުރުން ކ. މާލޭ ދަނބުފަށުވިގޭ އާއިޝަތު ޖުނައިނާ އެވެ.
އެ ފަސް ބޭފުޅުން ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ކުރިފުޅުމަތީގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވާފަ އެވެ. އެބޭފުޅުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން އެވެ.
އެ ފަސް ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ރާއްޖޭގެ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ އަދަދަކީ 798 އެވެ.
ވެލްކަމް ޓު އަވަރ ފެމިލީ ނީޝާން…