ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގެ މެއިން ސްޕޮންސާ އަކަށް އެސްޓީއޯ

މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި
މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި

އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެން ބ. އަތޮޅަށް ހުޅުވާލައިގެން މިއަތޮޅުގައިވާ ބާއްވާ އެންމެ ބޮޑު ފުޓްބޯޅަަ މުބާރާތް އެސްޓީއޯ އިން ސްޕޮންސާކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން މުބާރާތް ސްޕޮންސާކޮށްފައި ވަނީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއްގެ ގޮތުގައި މި އަހަރު ތައާރަފްކުރި “ނޫފަހި” ބްރޭންޑް އެވެ. އެސްޓީއޯއިން އަންނަނީ “ނޫފަހި” ބްރޭންޑްގެ ދަށުން ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ސްޕޮންސާތަކެއް ދެމުންނެވެ.

މި މުބާރާތުގެ ގުރުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ސަލްސާ ރޯޔަލްގަ އެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި، ގޮއިދޫ އާއި ކިހާދޫ، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ އަދި ދޮންފަނުގެ އިތުރުން ފެހެންދޫ އެވެ.

ބ. އަތޮޅުގައި ކުޅުންތެރިން އުފައްދައި، ފަސްޓް ޑިވިޝަނުން ބ. އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީއާ ދިމާކޮށް ނޮވެމްބަރު 29 އިން ޑިސެމްބަރު 9 އަށް އޭދަފުށީގަ އެވެ. މުބާރާތް ބާއްވާ ތާރީހު ބަދަލުކުރަން އަދި ވިސްނާފައިނުވާކަމަށްވެސް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަ ކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ahmed

    އޭދަފުއްޓަށް ހުރިހާ މޮޅެއް//// އަތޮޅުގެ އެހެންރަށްތަކުން ކަނޑުފަތާފައަިސް މެންދުރު ހޫނުގަ މެޗްކުޅެންވީ….

    ރައްދު
  2. name

    ފޭއްޔާސް ވީމާ ކީއްވެތަ އެސްޓީ އޯ އިން އެއްޖަމިއްޔާއަކަށް އަހަރަކު 2 ފަހަރު އެސްޓީ އޯ އިން ވިއަސް ސްޕޮންސަރ ދިނުމަކީ އިންސާފެއް ނޫން.ރޭގަވެސް އެމީހުނަށް ފަނަރަހާސް ޑޮލަރު އެވޯޑްކޮށްފި. ނާއިންސާފު

    ރައްދު
  3. sainosa raai

    ކިހާދޫ ބަތްޕޮޅި ބުންޔަސް ތިބުނީ ވަރަށް ބޮޑު ތެދެއް!! މެންދުރު 1 ޖަހާއިރު މެޗް ކުޅެން ޖެހުމަކި ކުޅުންތެރިން ނަށާ ޓީމް ތަކުގެ ސަޕޯޓަރުން ނަށްވެސް ގެއްލުން ވާނެ ކަމެއް ދެވަނަ ވިސްނުމަކަށް ދިޔުމަށް އެދެން…!! ހަމަ ގައިމުވެސް މަށަށް ވަރަށް އުނދަގޫވާނެ މެންދުރު 1 ޖަހާއިރު ދަނޑުގައި ފޮޓޯ ނަގަން އުޅެންވެސް!!

    ރައްދު
  4. Kihaadhoo ބަތްޕޮޅި

    މެންދުރު 1 ޖަހާއިރު މެޗް ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް ހުރިވަރަށްބޮޑު ގެއްލުމެއް… އޭދަފުށީ ޓީމަށް 1 ޖަހާއިރުގެ އެއްވެސް މެޗެއް ކުޅެން ޖެހޭނެބާ؟؟ މެޗްގެ ތެރޭގައި ފެންބުއިމަށް “ވޯޓަރ ބްރޭކް” ލިބޭނެބާ؟؟/

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.