ދިރާގުން ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި 4ޖީ ތައާރަފްކޮށްފި

ގއ. ވިލިނގިލީގައި ދިރާގުން 4ޖީގެ ހިދުމަތް ތައާރައްކުރުމަށް އިއްޔެ ބޭއްވި އިވެންޓްގެ ތެރެއިން: މިއީ މާލެ ސަރަހައްދުން ބޭރުގައި މި ހިދުމަތް ތައާރަފްކުރި ފުރަތަމަ ފަހަރު. -- ފޮޓޯ/ ދިރާގު
ގއ. ވިލިނގިލީގައި ދިރާގުން 4ޖީގެ ހިދުމަތް ތައާރައްކުރުމަށް އިއްޔެ ބޭއްވި އިވެންޓްގެ ތެރެއިން: މިއީ މާލެ ސަރަހައްދުން ބޭރުގައި މި ހިދުމަތް ތައާރަފްކުރި ފުރަތަމަ ފަހަރު. — ފޮޓޯ/ ދިރާގު

 

 

ދިރާގުން މިދިޔަ މަހު ފެށި އެ ކުންފުނީގެ އެލްޓީއީ 4ޖީ ހިދުމަތް ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ތައާރަފްކޮށްފި އެވެ.

ހައި ސްޕީޑް އިންޓަނެޓް ހިދުމަތް ދިރާގުން އިއްޔެ ވަނީ ގއ. ވިލިނގިލީގައި ތައާރަފްކޮށްފަ އެވެ.

އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ މުވާސަލާތީ ހިދުމަތުގައި ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ހިދުމަތް ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ފުޅާކުރުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ވެސް 4ޖީގެ ހިދުމަތް ދޭން ފަށާނެ ކަމަށް ދިރާގުން ބުންޏެވެ.

ގއ. ވިލިނގިލީގެ އިތުރުން މި ހިދުމަތް މި ވަގުތު ލިބެނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ މާލެ ސަރަހައްދަށެވެ.

ދިރާގުގެ 4ޖީ ހިދުމަތް ލިބޭ ސިމް އެ ކުންފުނިން މި މަހުގެ ނިޔަލަށް ހިލޭ ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި މި ހިދުމަތް ގިނަ ބްރޭންޑްތަކުގެ ފޯނުތަކަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މިހާރު ބޭނުންކުރަމުންދާ ޕެކޭޖްގެ ދަށުން ވެސް 4ޖީގެ ހިދުމަތް ލިބޭނެ ކަމަށާއި އިތުރު ޕެކޭޖްތަކެއް ވެސް ތައާރަފްކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ދިރާގު މޯބައިލް ނެޓްވޯކް އަޕްގްރޭޑްކޮށް 3ޖީ ސްޕީޑް އެތައް ގުނައެއް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ޒަމާނީ 4ޖީ ނެޓްވޯކެއް ގާއިމްކޮށް އެލް.ޓީ.އީ ނެޓްވޯކު މެދިވެރިކޮށް 3ޖީ ސްޕީޑުގެ 10ގުނަ ހަލުވި ސްޕީޑުގައި މިހާރު ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.