އޭދަފުށި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު ކާމިޔާބުކޮށްފި

ފެހެންދޫއާއި އޭދަފުށި ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން
ފެހެންދޫއާއި އޭދަފުށި ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން

ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެހެންދޫއާއި ބައްދަލުކުރި މެޗު އޭދަފުށިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އެއްގުރޫޕެއްގައި ހިމެނޭ މި ދެޓީމުގެ ކުރިމަތިލުން ނިމުނީ 2-1 އިންނެވެ. މެޗު ފެށިގެން ލީޑު ނެގީ އޭދަފުށީ ޓީމުންނެވެ. މި ގޯލް ކާމިޔާބު ކުރީ މުޙައްމަދު ފާސިރެވެ.

ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވެ ފެހެންދޫން ނަތީޖާ އެއްވަރު ކުރިއެވެ. ފެހެންދޫއަށް ގޯލް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން އަޙްމަދު ނިޒާމް (ނިޒާމްބެ) އެވެ. މޮޅުވި ލަނޑު އޭދަފުށިން ޖަހާފައިވަނީ މެޗް ނިމެން ދަނިކޮށެވެ. މި ލަނޑުވެސް އެޓީމަށް ޖަހައިދިނީ މިއަދުގެ މެޗްގައި ކުރިއަށް ކުޅެމުންދިޔަ މުޙައްމަދު ފާސިރެވެ.

ފެހެންދޫ ޓީމު
ފެހެންދޫ ޓީމު

 

މިއަދުގެ މެޗްގައި ގައުމީ ޓީމްގެ ޑިފެންޑަރ ރިލްވާން ވަހީދު ވަނީ އޭދަފުށީ ޓީމަށް ކުޅެފައެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އޭދަފުއްޓެވެ. ނަމަވެސް ފެހެންދޫން ވަނީ މެޗްގައި ރަނގަޅު ވާދައެއްކޮށްފައެވެ. މިގޮތުން ދެވަނަ ހާފްގައި ލީޑުނަގަން ރަނގަޅު ފުރުޞަތެއް ފެހެންދޫއަށް ވަނީ ލިބިފައެވެ.

ބ. އެޓޯލް ފުޓްބޯލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗްގައި އަންނަ އާދިއްތަ ދުވަހު ހަވީރު ކުޅޭނީ ދޮންފަނާއެވެ. މި މުބާރާތުގައި އަތޮޅުގެ 7 ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    ފެހެންދޫ ކައިރިން ކިރިޔާ ސަލާމަތްވީ؟؟؟؟ ތިވަރުން ކިހިނެއް ތަށި ދިފާއު ކުރާނީ؟؟؟ ތިއަށްވުރެ ރަނގަޅު ކުރޭ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.