އެސްޓީއޯ ނޫފަހި ފުޓްބޯލް ޗެލެންޖް މިއަދު ހަވީރު ފަށަނީ

މިދިޔަ އަހަރު ފައިނަލް މެޗަށްފަހު އޭދަފުށީ ޓީމް ސަޕޯޓަރުންނާއެކު އުފާ ފާޅުކުރުމުގައި /- ފޮޓޯ: އަލީ ޝަހީމް
މިދިޔަ އަހަރު ފައިނަލް މެޗަށްފަހު އޭދަފުށީ ޓީމް ސަޕޯޓަރުންނާއެކު އުފާ ފާޅުކުރުމުގައި /- ފޮޓޯ: އަލީ ޝަހީމް

ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެސްޓީއޯ ނޫފަހި ފުޓްބޯލް ޗެލެންޖު މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާނެއެވެ. ހުޅުވުމުގެ ރަސްމިއްޔާތާއި އެކު ފަށާ މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ނޫފަހި ބްރޭންޑެވެ. އަދި ކޯ ސްޕޮންސަރ އަކީ އުރީދޫއެވެ. މިފަހަރުގެ މުބާރާތް ފައްޓަވައިދެއްވާނީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ.

މުބާރާތް އިންތިޒާމުކުރާ ޔޫ ސްޕޯޓްސް އިން ބުނީ މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތް ލިންކޭޖް (ފޭލި) އާއި ގުޅިގެންކަމަށެވެ. އަދި މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށާއި، މިއީ އެޓޯލް ޗެލެންޖުގެ އެންމެ ފޯރިގަދަ މުބާރާތަށް ވާނެކަމަށް ބެލެވޭކަމަށެވެ.

މިފަހަރުގެ މުބާރާތުގައި 7 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެއީ ދޮންފަނު، ދަރަވަންދޫ، ފެހެންދޫ، ކިހާދޫ، ކުޑަރިކިލު، ގޮއިދޫ އަދި އޭދަފުއްޓެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ އޭދަފުއްޓެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 9 ވާ އަންގާރަ ދުވަހުއެވެ.

މުބާރާތް ހުޅުވާމެޗްގައި މިއަދު 3:50 ގައި ބައްދަލުކުރާނީ ގޮއިދޫ އާއި ކުޑަރިކިލެވެ. ފޯރިގަދަވާނެކަމަށް ބެލެވޭ މިމެޗަށް ދެރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިހާރުވެސް ވަނީ އޭދަފުއްޓަށް އައިސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.