ފުޓްބޯލް ޗެލެންޖް – އޭދަފުއްޓާއި ފެހެންދޫއަށް ރަނގަޅު ފެށުމެއް

މިއަދު އޭދަފުށްޓާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: ނައުޝަލް
މިއަދު އޭދަފުށްޓާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: ނައުޝަލް

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގައި މިއަދު ކުޅުނު ދެމެޗް އޭދަފުއްޓާއި ފެހެންދޫން ކާމިޔާބުކޮށްފިއެވެ. މިއަދު މެންދުރު 1:00 ގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗް ފެހެންދޫން ކާމިޔާބުކުރީ ދަރަވަންދޫއާއި ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފްގައި ފެހެންދޫން ވަނީ ދެގޯލް ކާމިޔާބުކޮށްފައެވެ. މި ދެގޯލް އެޓީމަށް ޖަހައިދިނީ މުޙައްމަދު އަރީފާއި، ޢަބްދުލްސަލާމް ހާމިދެވެ. ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ދަރަވަންދޫއަށް އުއްމީދު އާކޮށްދިނީ އާދިލް ރަޝީދެވެ.

ދެވަނަ ހާފް ފެށިގެން ދިޔައީ ފެހެންދޫގެ ގޯލަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ނިޒާމްއެވެ. އެއަށްފަހު ދެންފެނުނީ ދަރަވަންދޫގެ ގޯލެކެވެ. މެޗްގެ 62 ވަނަ މިނިޓްގައި ދަރަވަންދޫގެ ދެވަނަ ގޯލުވެސް ޖަހާދީފައިވަނީ އާދިލް ރަޝީދެވެ. ފެހެންދޫން ތިން ޕޮއިންޓު ކަށަވަރުކުރި ލަނޑު މެޗްގެ 81 ވަނަ މިނިޓްގައި ޖަހައިދިނީ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޢަބްދުއްސަލާމް ހާމިދެވެ. ގަދަ ހޫނުގައި ކުޅެވުނު މި މެޗްގައި ފެހެންދޫގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.

މިއަދު ފެހެންދުއާ ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
މިއަދު ފެހެންދުއާ ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

މިއަދު ހަވީރު ކުޅެވުނު މެޗްގައި ދޮންފަނުގެ މައްޗަށް އޭދަފުށިންވެސް ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. އޭދަފުށީ ޓީމްގެ ފުރަތަމަ ގޯލް 20 ވަނަ މިނިޓުގައި ޖެހީ އޭރިޔާތެރޭގައި ހުސްކޮށްހުރި ހުސެއިން ޝިމާޒް (ކޮކީ) އެވެ. އޭދަފުށިން ލަނޑު ޖެހުމާއިއެކު މެޗްގެ ކޮންޓްރޯލް އެޓީމުން ހޯދިއެވެ. އަދި 32 ވަނަ މިނިޓުގައި ދެވަނަ ގޯލްޖަހައި ލީޑު ފުޅާކުރިއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޒަޢީމް (އައްބި) އެވެ.

ދެވަނަ ހާފް ފެށިގެން ދޮންފަނުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާންއެވެ. ހަމްދާން މި ލަނޑު ޖެހީ ހާފް މެދުތެރެއިން ބޯޅަ ހިފައިގެންގޮސް އޭދަފުށީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހުއެވެ. އޭދަފުށީ ޓީމުގެ ތިންވަނަ ލަނޑުވެސް ޖެހީ މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދެއްކި ޢަބްދުﷲ ޒަޢީމެވެ.

އޭދަފުށިން 2 ގޯލުގެ ލީޑެއްގައި އޮއްވަނި ދޮންފަނުން ވަނީ މެޗްގެ 74 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ގޯލް ޖަހައި އޭދަފުށި ހާސްކޮށްލާފައެވެ. ލިބުނު ކޯނަރަކުން ބޮލުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ފުރަތަމަ ލަނޑުވެސް ޖެހި ހަމްދާންއެވެ. ދޮންފަނުން މެޗްގައި ޕޮއިންޓެއް ހޯދަން ކުރި އުއްމީދަށް ހުރަސް އެޅުނީ 86 ވަނަ މިނިޓުގައި އަޙްމަދު މަމްދޫހް އަތުން ބައިކޮޅަށް ވަތްގޯލަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭދަފުއްޓަށް ދެގޯލް ކާމިޔާބުކޮށްދިން ޖޯޒީ ނަންބަރ 27، ޢަބްދުﷲ ޒަޢީމް (އައްބި) އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗްގައި ބައްދަލުކުރާނީ ކިހާދޫއާއި ކުޑަރިކިލެވެ. މިމެޗް ފެށުމަށް ހަމަޖެހިވަނީ 15:50 ގައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. IBOO

    ފުރަތަމަ ދިވިޝަންގެ ކުޅުން ތެރިން ގެންގޮސްގެން ކިރިޔާ ތިމޮޅުވީ………….އެވެސް ނަސީބު ..އެކަމު އީޓީގަ ލިޔާނެ ވަރަށް މޮޅޭ……………..

    ރައްދު
  2. Goidhoo meeha

    ކިރިޔާއެއްނު ދޮންފަނު އަތުން ތި ސަލާމަތް ވީ؟ ދޮންފަނު މީ އަދި ސެމީ އަށް ޓާގެޓް ކޮށްގެން އުޅޭ ޓީމެއް. ގޮއިދޫ ކަހަލަ ތައްޓަށް ކުޅޭ ޓީމަކާ ޖެހުނީމަ އިނގޭނީ ވާގޮތެއް!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.