ދިރާގު އޭޑީއެސްއެލްއަށް ހާއްސަ އެޑްއޯންސްތަކެއް ތައާރަފްކޮށްފި

16398_759323904159080_2352489166066542186_n-580x430

ދިރާގުގެ އޭޑީއެސްއެލް ނުވަތަ ފިކްސްޑް ލައިން އިންޓަނެޓް ބޭނުން ކުރައްވާ ފަރާތްތަކަށް ހާއްސަ އެޑްއޯންސް ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

މިއަދު ތައާރަފް ކުރި މި ޕެކޭޖްތަކަކީ ދިރާގު އަންލިމިޓެޑް ޕްރޯގެ ޕެކޭޖް ތަކަށާއި އަލްޓްރާ ފާސްޓް ޕެކޭޖުތަކަށް ހާއްސަ އެޑްއޯންސް ޕެކޭޖުތަކެކެވެ.

ދިރާގު މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވީ މި ޕެކޭޖުތައް ތައާރަފް ކުރީ އޭޑީއެސްއެލް އަންލިިމިޓެޑް ޕެކޭޖުތަކުން މަހުގެ ފަހުކޮޅަށް އައިސް ހަލުވިކަމާ އެކު އިންޓަނެޓް ނުލިބޭކަމުގެ ޝަކުވާ އެކުންފުންޏަށް ހުށަހެޅެމުންދާތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި ކަމަށެވެ. އަދި މި އެޑްއޯންސް ބޭނުން ކުރެއްވުމުން އިންޓަނެޓް ސްޕީޑް، ނަންގަވާފައިވާ ޕެކޭޖެއްގެ ސްޕީޑާ އެއްވަރު ކުރެވޭނެ ކަމަށާއި ސްޕީޑް ދަށްވެގެން އެކަމާ ހިތްހަމަނުޖެހިގެން އުޅޭކަށް ނުޖެހޭނެ ކަމަށް އިމްޖާދު ވިދާޅުވިއެވެ.

މި އެޑްއޯންސް ޕެކޭޖުތަކުން 2ޖީބީއާއި 100ޖީބީ އާ ދެމެދުގެ މިންވަރަކަށް ޑޭޓާ އެލަވަންސް ލިބޭނެ އެވެ. އެގޮތުން ޕްރޯ އަންލިމިޓެޑް 1އެމް އާއި ޕްރޯ އަންލިމިޓެޑް 2އެމް އަށް އިތުރު ކުރެވެން ހުރި އެޑްއޯންސްތަކަކީ 2ޖީބީގެ އެޑޯން އާއި 5ޖީބީގެ އެޑޯންއާއި 10ޖީބީގެ އެޑްއޯންއެވެ. ޕްރޯ އަންލިމިޓެޑް 3އެމް އަދި 5އެމް އަށް 2 ޖީބީ އާއި 5ޖީބީއާއި 10ޖީބީގެ އިތުރުން 20ޖީބީގެ ޑޭޓާ އެޑްއޯންސް އިތުރު ކޮށްލެވޭއިރު ޕްރޯ އަންލިމިޓެޑް 15އެމް އަށް 2 ޖީބީއާއި 5ޖީބީ އާއި 10ޖީބީއާއި 20 ޖީބީގެ އިތުރުން 50ޖީބީގެ އެޑްއޯން އިތުރުކޮށްލެވެއެވެ.

އަލްޓްރާފާސްޓް އޭޑީއެސްއެލް ޕެކޭޖުތަކަށް 100 ޖީބީގެ އެޑްއޯންސް ލިބެއެވެ.

ދިރާގު އޭޑީއެސްއެލް އެޑްއޯންސްތަކުގެ ހިދުމަތް 123 އަށް ގުޅުއްވައިގެންނާއި ދިރާގު ކަސްޓަމާ ސާވިސް ފިހާރައަކަށް ވަޑައިގަތުމުން ލިބިވަޑައިިގަންނަވާނެއެވެ. އެކުންފުނިން ބުނީ އެޑްއޯންސްތަކުގެ އަގުވެސް ބޮޑުނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.