7 ވަނަ ގައުމީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން މުހައްމަދު ހޯދައިފި އެވެ.
އަތޮޅު ލީގު ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހުސައިން މުހައްމަދު ހޯދީ ފައިނަލްގައި ނ. ހޮޅުދޫގެ އަބްދުﷲ މުތީއު އަތުން 21-15 ، 19-21 އަދި 21-12 އިން މޮޅުވެގެންނެވެ.
މިއަހަރުގެ މުބާރާތުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ވަނީ މި މުބާރާތުގެ އަތޮޅު ލީގުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައި ތަށި މިލްކުވެސް ކޮށްފައެވެ. އޭދަފުށި ތަށި މިލްކުކުރީ ނ. ހޮޅުދޫ ބީ.ޑީ.ސީ އާ ބައްދަލުކޮށް ތިން މެޗު ދެ މެޗުން މޮޅުވެގެންނެވެ.
މި މުބާރާތުން އޭދަފުށީ ބެޑްމިންޓަން ޓީމު ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކޮށް ހުރިހާ ކުޅުންތެރިންނަށާއި މެނޭޖްމަންޓަށް އީޓީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.