ސެމީގެ ފުރަތަމަ ޖާގަ ކިހާދޫއަށް

މިއަދު ކިހާދުއާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
މިއަދު ކިހާދުއާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

ކުޑަރިކިލު އަތުން 2-1 އިން މޮޅުވެ، އެސްޓީއޯ ނޫފަހި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ސެމީގެ ފުރަތަމަ ޖާގަ ކިހާދޫ ޓީމުން ކަށަވަރު ކޮށްފި އެވެ.

މިއަދު ހަވީރު ކުޅެވުނު މި މިމެޗުގައި ކިހާދޫން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްދީފައިވަނީ އުމުރުން 18 އަހަރުގެ ހުސެއިން އީމާން އެވެ. ކިހާދޫ ޓީމުގެ ކީޕަރަށް ރަތްކާޑު ދެއްކުމުން މެޗްގެ ފަހު 10 މިނިޓް އެ ޓީމުން ކުޅުނީ ދިހަ ކުޅުންތެރިންނާއި އެކު އެވެ.

މެޗު ފެށިގެން ކުޑަރިކިލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިހާދޫން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލް ޖަހާފަ އެވެ. އީމާންގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ މެޗްގެ 35 މިނިޓުގަ އެވެ. އޭރިޔާ ތެރެއަށް، ހުސެއިން އިކްލީލް ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އީމާން ވަނީ ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ކިހާދޫގެ ދެވަނަ ގޯލު އީމާން ޖެހީ އިބްރާހިމް ފަޒީލް ނަގައިދިން ހުރަހެއް ކޮންޓްރޯލް ކުރުމަށްފަހު ކުޑަރިކިލުގެ ކީޕަރަށް ފުރުސަތެއް ނުދީއެވެ.

ކިހާދޫން ދެ ގޯލް ޖެހުމާއިއެކު ކުޑަރިކިލުން ވަނީ ޓީމު ކުރިއަށް ޖައްސައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. މެޗް ނިމެން ދަނިކޮށް ކުޑަރިކިލަށް ގޯލް ޖަހައިދިނީ ޢަހުމަދު ހުމައިދެވެ. ހުމައިދު މި ގޯލް ޖެހީ ކިހާދޫގެ ގޯލް ކީޕަރު ހުސެއިން ޝިމާއުއަށް ރަތްކާޑު ދެއްކިތާ ކުޑައިރުކޮޅެއް ފަހުންނެވެ. މެޗްގެ 83 ވަނަ މިނިޓުގައި ދެ ރީނޑު ކާޑާއި އެކު ރަތްކާޑެއް ޝިމާއުއަށް ދެއްކީ އޭރިޔާ ބޭރުން ކުޑަރިކިލަށް ދިން ޖެހުމަކާއި ގުޅިގެން ރެފްރީ އާއި ހުތުރު ބަހުން މުޢާމަލާތު ކުރުމުގެ ސަބަބުންނެވެ. ކުޑަރިކިލުން ގޯލެއް ޖެހިނަމަވެސް ކިހާދޫން ވަނީ މެޗުގެ ބާކީބައި ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫ ޓީމަށް ދެގޯލް ޖަހައިދިން ހުސެއިން އީމާން އެވެ.

މި މޮޅާއެކު ކިހާދޫ ސެމީން ޖާގަ ހޯދީ ތިން ޕޮއިންޓާ އެކުއެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕްގައި ކުޑަރިކިލާއި ގޮއިދޫ ބައްދަލުކުރި މެޗް ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން ގްރޫޕްގެ ފަހު މެޗްގައި ގޮއިދޫ އަތުން ބަލިވިޔަސް ކިހާދޫއަށް ސެމީގެ ޖާގައެއް ލިބެނޭވެ. ކުޑަރިކިލަށް ސެމީގެ ޖާގައެއް ލިބެން އޮތީ ކިހާދޫ އަތުން ގޮއިދޫ ޓީމް 0-1 އިން ނުވަތަ ދެ ގޯލުގެ ތަފާތަކުން ބަލިވެގެންނެވެ. މެޗު އެއްވަރު ކޮށްލިޔަސް ގޮއިދޫއަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ.

މިއަދު ކިހާދުއާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
މިއަދު ކިހާދުއާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

މެޗަށްފަހު ކިހާދޫ ޓީމުގެ އެކްޓިންގ ހެޑް ކޯޗް ހުސެއިން ނަސީރު (ނަސީ) ބުނީ ސެމީއަށް ދިއަޔަސް ދެވަނަ މެޗުގައި ނިކުންނާނީ ގޮއިދޫ ބަލިކުރަން ކަމަށެވެ.

“ސެމީއަށް ދިއަޔަސް ގޮއިދޫ ބަލިކުރަން ނިކުންނާނީ. މެޗް ފަސޭހައެއް ނުކޮށްލާނަން. ބޭނުންވަނީ ގްރޫޕްގެ އެއްވަނަ ހޯދަން. އިންޖަރީގަ ތިބި ކުޅުންތެރިން ނޫން ހުރިހާ ކުޅުންތެރިންވެސް އެ މެޗުގައި ބޭނުންކުރާނަން. ވަރުގަދަ ޓީމެއް ނިކުންނާނީ”

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ ދެމެޗެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދަރަވަންދޫއެވެ. މި މެޗް ކުޅޭނީ 1:00 ގައެވެ. އަދި ފެހެންދޫއާއި ދޮންފަނު ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 15:50 ގައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    މަރުހަބާ ޓީމް ކިހާދޫ…. ބަތްޕޮޅިތައް ކާމިޔާބު ކުރީމަ އަނގައިން ބުނެލާނެ މީހަކުވެސ ނުވެފަ ދޯ…؟؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.