ދިރާގުން ކުޅުދުއްފުއްޓަށް ފޯޖީ ޚިދުމަތް ތައާރަފުކޮށްފި

ފޯޖީގެ ހިދުމަތް ތައާރަފްކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން--ފޮޓޯ: / ދިރާގު
ފޯޖީގެ ހިދުމަތް ތައާރަފްކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން–ފޮޓޯ: / ދިރާގު

 

ދުނިޔޭގެ އެންމެ ކުރި އަރާފައިވާ މޮބައިލް ނެޓްވޯކް ކަމަށްވާ ފޯޖީ އެލްޓީއީ އޭ ނެޓްވޯކް ކުޅުއްދުއްފުށީގައި ތައާރަފުކޮށްފި އެވެ.

ކުޅުދުއްފުށީގައި ޖަލާލުއްދީން ސްކޫލްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާޢީލް ރަޝީދެވެ.

ހަލުވިކަމާއެކު އިންޓަނެޓުގެ ހިދުމަތް ލިބޭ ފޯޖީ ނެޓްވޯކު އެ ކުންފުނިން ކުޅުދުއްފުއްޓަށް ތައާރަފުކުރިއިރު، މިދިޔަ ހަފުތާގައި މި ހިދުމަތް ގދ. ތިނަދޫއަށާއި އެއަތޮޅު ވިލިނގިލީގައި ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ މުވާސަލާތީ ހިދުމަތުގައި ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ހިދުމަތް ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ފުޅާކުރުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ވެސް ފޯޖީގެ ހިދުމަތް ދޭން ފަށާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ފޯޖީގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ތައާރަފުކޮށްފައިވާ ޔޫސިމްއަކީ މުޅިން އަލަށް ރާއްޖޭގައި ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. އެ ކުންފުނިން ވަނީ ކުޅުދުއްފުއްޓަށް ފޯޖީ ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ދައުވަތު އެރުވިގެން ވަޑައިގެންނެވި ފަރާތްތަކަށް ޔޫސިމް އެއް ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.